ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 18:57
މަގަށް ނެގި ފައިސާތައް
މަގަށް ނެގި ފައިސާތައް
ޕޮލިސް
ވައްކަން
ފިހާރައެއްގެ ބިއްލޫރިގަނޑުތަޅާލައި ވައްކަން ކުރި ހަތަރު ފިރިހެނުން ހައްޔަރުކޮށްފި
 
ވައްކަން ކުރީ ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލުރީގަނޑު ތަޅާލުމަށްފަހު
 
ވަގައް ނެގި ތަކެތި ވަނީ ހޯދާފައި

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑުތަޅާލައި ވައްކަން ކުރި ހަތަރު ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން އެ ފިހާރައިން ވައްކަން ކުރަން އުޅޭ ކަމަށް ހުކުރު ވިލޭރޭ 02:48 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު 04 މީހަކު ދުވެފައި ދަނިކޮށް ފެނިގެން އެމީހުން ފަހަތަން ގޮސް ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާފާސްކުރިއިރު އެމީހުންގެ އަތުން ފިހާރައިން ވަގަށް ނަގާފައިވާ 748.35 ދިވެހި ރުފިޔާ، އިންޑިއަން 10 ރުޕީސް، 5 ދިރްހަމް، ނޮކިޔާ ބްރޭޑްގެ ފޯން (ރާސްޓަސް ފޯން) އަތުގައި އަޅާ ގަޑިއެއް އަދި 1 ކެމަލް ހާޑް ސިގިރޭޓް ފޮށި ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 23 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހެއް އަދި 28 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށާއި، މިހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
0%
0%
0%
33%
33%
ކޮމެންޓް