ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 13:06
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރާ އައު ސީޕްލޭން ޓަރމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރާ އައު ސީޕްލޭން ޓަރމިނަލް
އެމްއޭސީއެލް
އެމްއޭސީއެލް
އައު ސީޕްލޭން ޓަރމިނަލްގެ %73 މަސައްކަތް ވަނީ ނިމިފައި: އެމްއޭސީއެލް
 
މިމަޝްރޫއަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ހޭދަވާނެ
 
އިމާރާތުގެ ކަރަންޓް ވަޔަރކުރުމާއި، އިންޓީރިއަރ ފިނިޝިންގ މަސައްކަތް ކުރިއަށްދޭ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރާ އައު ސީޕްލޭން ޓަރމިނަލްގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، މިއަހަރުގެފަހުކޮޅު މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު ޓަރމިނަލްގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީލުން ބުނީ މިހާރު ކުރިއަށްދަނީ އިމާރާތުގެ ކަރަންޓް ވަޔަރކުރުމާއި، ފިޔުލް ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އިމާރާތުގެ ބޭރުން ފަސާޑުޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންޓީރިއަރ ފިނިޝިންގ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެމްއޭސީލުން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރާ އައު ސީޕްލޭން ޓަރމިނަލްއަށް ހުޅުލޭގެ ފަޅުން 3.5 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކާފައެވެ. ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީން ޓަރމިނަލްގެ މަސައްކަތް ކުރަމުންގެންދާއިރު، މިމަޝްރޫއަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރީ މިޓަރމިނަލްއިން ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާނެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 އިންސައްތަ ޖާގަ އިތުރުވާނެއެވެ. އަދި ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތްވެސް ލިބޭނެއެވެ.

100%
0%
0%
0%
0%
0%
ކޮމެންޓް