ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 18:35
ތާރު އެޅުމަށް ބޭނުންވާ މެޝިނަރީސްތައް ގެންނަނީ
ތާރު އެޅުމަށް ބޭނުންވާ މެޝިނަރީސްތައް ގެންނަނީ
ޓްވިޓަރ
ފުވައްމުލަކު ރިންގް ރޯޑް
ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއުއަށް ބޭނުންވާ މެޝިނަރީސްތައް އެ ރަށަށް ގެންގޮސްފި
 
މިމަޝްރޫއުއަށް 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ
 
240 ދުވަހުގެ މުއްދަތުގެ ތެރޭގައި ރިންގް ރޯޑް ނިންމަންޖެހޭ
 
ރިންގް ރޯޑްގެ މަސައްކަތް މިހާރު ކުރިއަށްދޭ

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއުއަށް ބޭނުންވާ މެޝިނަރީސްތައް އެ ރަށަށް ގެންނަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ލިރާރް ވިދާޅުވީ ރިންގް ރޯޑްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މަގު ލެވަލް ކުރުމުގެ މަސައްކަތް ކަމަށާއި، ތާރުއެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ކަމަށެވެ.

މަސައްކަތް ކުރިއަށްދާ ވަރަކަށް އެމަސައްކަތަކަށް ބޭނުންވާ ސާމާނާއި، މެޝަނަރީސްތައް ގެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގު ހެދުމަށް ބޭނުންވާ ހުރިހާ މެޝަނަރީސްތައް ގެނެވިދާނެ. އެކަމަކު ހުރިހާ މެޝަރީސްއެއް އެއްފަހަރާ ގެނައުމުގެ ބޭނުމެއް ނުފެނޭ. މަސައްކަތް ކުރިއަށްދާ ވަރަކުން އެގަނައިމަ ދެއްތޯ އެބޭނުން ކުރެވޭނީ. އެހެން ނޫނީ ހަމަ އެ ބަހައްޓަންޖެހޭނީ ބޭނުންނުކޮށް.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ލިރާރް

ރިންގް ރޯޑްގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭކަން ފާހަގަކުރައްވައި ލިރާރް ވިދާޅުވީ މިމަޝްރޫއަކީ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި، އުންމީދަކީ ވީހައިވެސް އަވަހަކަށް މަސައްކަތް ނިމުން ކަމަށެވެ.

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށްށެވެ.

މިމަޝްރޫއުގެ ދަށުން 24،00 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމް ގާއިމް ގާއިމް ކުރުމުގެ އިތުރުން މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މިމަޝްރޫއުއަށް 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
80%
0%
0%
10%
10%
ކޮމެންޓް