ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 13:06
މަހިބަދޫ ޕޮލިސް ސްޓޭޝަން
މަހިބަދޫ ޕޮލިސް ސްޓޭޝަން
ސޯޝަލް މީޑިއާ
ފުލުހުން
ފުލުހުންގެ ސައިކަލަށް ގެއްލުން ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
 
ފުލުހުންގެ ސައިކަލަށް ދީފައިވަނީ ކޮންކަހަލަ ގެއްލުމެއް ކަމެއް ހާމައެއް ނުކުރޭ
 
ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެއް

ފުލުހުން ދުއްވަން ގެންގުޅޭ ސައިލަކަށް ގެއްލުން ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ސައިކަލަކަށް ގެއްލުން ދީ، އިންޒާރުދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ބުރާސްފަތި ދުވަހު 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުންގެ ސައިކަލަށް ދީފައިވަނީ ކޮންކަހަލަ ގެއްލުމެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement
0%
0%
0%
100%
0%
0%
ކޮމެންޓް
16 އޯގަސްޓް 2019 | ހުކުރު 13:37
ބޮޑް
ސައިކަލު މަޑިމައްޗަށް ޝޭމްޕޫކޮޅެއް އަޅައިގެން ހައްޔަރުކޮއް 10 ދުވަސް ބަންދަށް ޖެހީ.