ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 11:51
ތޫފާން ކްރޯސާގެ ސަބަބުން ބައެއް އަވަށުތަކުގެ މުހިއްމު ޚިދުމަތްތައް ވަނީ ކެންސަލް ކޮށްފައި
ތޫފާން ކްރޯސާގެ ސަބަބުން ބައެއް އަވަށުތަކުގެ މުހިއްމު ޚިދުމަތްތައް ވަނީ ކެންސަލް ކޮށްފައި
ބީބީސީ
ޖަޕާން
ތޫފާން ކްރޯސާ: ހަތަރުލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަނީ
 
ތޫފާން ޖަޕާނަށް އަރާފައިވަނީ ބުރާސްފަތި ދުވަހު

ބުރާސްފަތި ދުވަހު ޖަޕާނަށް އަރާފައިވާ ތޫފާން ކަރޯސާގެ ސަބަބުން އެގައުމުގެ ހަތަރު ލައްކައަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށައިފިއެވެ.

ޖަޕާނުގެ ހުޅަނގު ސަރަހައްދު ކަމަށްވާ ހީރޯޝީމާ ކައިރިއަށް އަރާފައިވާ ތޫފާނުގެ ސަބަބުން ފްލައިޓްގެ ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތައް ވަނީ ކެންސަލް ކޮށްފައެވެ. ތޫފާން އެރި ހިސާބުތަކަށް މުވާސަލާތީ ޚިދުމަތް ކެނޑިފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޖަޕާނަށް ގަދަ ވަޔާއެކު ބޯކޮށްވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ޖަޕާނުގެ ބައެއް ސިޓީތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސް ހާދިސާތައް ހިނގައިފާނެތީއާއި ފެންބޮޑުވުމުގެ ސަބަބުން ކޯރުތައް ބަންޑުން ވެދާނެ ކަމަށް ބެލެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެކަމާއި މެދު ސަމާލުވުމަށް ވެސް އަންގާފައެވެ.

ޖަޕާނުގެ ގައުމީ ޓީވީން ބުނެފައިވާ ގޮތުގައި ތޫފާނުގެ ސަބަބުން އެގައުމުގެ ސިޓީތަކުގެ މެދުގައި ވަނީ މުވާސަލާތީ ގުޅުން ކެނޑިފައެވެ. އަދި ޓޯކިޔޯއާއި އޮސާކާ އަދި ހީރޯޝީމާއާއި ދެމެދު ކުރާ ރޭލް ދަތުރުތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ޖަޕާނުގެ ޝިކޯކޫ އާއި އެހެނިހެން އަވަށާއި ދެމެދު ކުރާ ފެރީގެ ޚިދުމަތް ވެސް ތޫފާނުގެ ސަބަބުން ކެންސަލް ކޮށްފައިވާ ކަމަށް އެ ޓީވީއިން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް