ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 11:51
އައްޑޫ މެޑިސިޓީ ކްލިނިކް
އައްޑޫ މެޑިސިޓީ ކްލިނިކް
ފޭސްބުކް
އައްޑޫ ސިޓީ
އައްޑޫ މެޑިސިޓީ ކްލިނިކުގެ މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްފި
 
އޮންލައިންކޮށް ޓޯކަން ނަންބަރުވެސް ބަލާލެވޭނެ
 
އެޕް ތައާރަފް ކޮށްދެއްވީ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު
 
އެޕްތައްޔާރުކުރީ އައްޑޫ އަށް ނިސްތަބްވާ ފަރާތެއް

އައްޑޫގައި ހުންނަ "މެޑިސިޓީ" ކްލިނިކުން ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ މަގުފަހި ކުރުމަށްޓަކައި ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

އައްޑޫސިޓީ ފޭދޫގައި ހުންނަ މެޑިސިޓީ ކްލިނިކްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދް ނިޙާދެވެ. އެގޮތުން މި އެޕްލިކޭޝަން މިހާރު ގޫގަލް ޕްލޭ ސްޓޯރާއި އެޕަލް ސްޓޯރުން ލިބެން ހުރިއިރު، މީގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތަށް ވަރަށް ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އޮންލައިންކޮށް ޓޯކަން ނަންބަރު ބެލުމާއި، ޑޮކްޓަރުންގެ އެންމެ ފަހުގެ ޝެޑިއުލް ބެލުމުގެ އިތުރުން، ޑޮކްޓަރުންގެ މައުލޫމާތު ބެލުމަށްފަހު އެޕޮއިންޓްމަންޓު ހެދުންވެސް ހިމެނެއެވެ. އޭގެ އިތުރުން، ކްލިނިކްގެ ޑިޕާރޓްމަންޓު ތަކުގެ މައުލޫމާތާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތުވެސް ލިބިގެންދާއިރު، ސިއްހީ ގޮތުން ގުޅުންހުރި މުހިއްމު މައުލޫމާތުތައްވެސް ލިބިގެންދެއެވެ.

އައްޑޫސިޓީގެ ނޫހެއް ކަަމަށްވާ "އައްޑޫލައިވް" އިން ބުނާ ގޮތުގައި މި އެޕްލިކޭޝަން ތައްޔާރު ކޮށްފައިވަނީ އައްޑޫ އަށް ނިސްތަބްވާ ފަރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް