ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 23:59
ކޮންވެންޝަން އޮން މީޑިއޭޝަންގައި ރިއްފަތު ސޮއިކުރައްވަނީ
ކޮންވެންޝަން އޮން މީޑިއޭޝަންގައި ރިއްފަތު ސޮއިކުރައްވަނީ
ޓްވިޓަރ
ސިންގަޕޯރ ކޮންވެންޝަން އޮން މިޓިގޭޝަން
މީޑިއޭޝަން މުއާހަދާ ތަސްދީގުކުރާނީ މިޓިގޭޝަން ގާނޫނެއް ހެދުމަށް ފަހު: އޭޖީ އޮފީސް
 
އޭގައި ބަޔާންކުރަނީ ބައިނަލްއަގްވާމީ ސެޓްލެމަންޓްތަކުގައި ރިއާޔަތް ކުރަން ޖެހޭ ކަންކަން
 
މުއާހަދާ ތަސްދީގުކުރުން ލާޒިމެއް ނޫން

ސިންގަޕޯރ ކޮންވެންޝަން އޮން މިޓިގޭޝަން ތަސްދީގުކުރާނީ މީޑިއޭޝަންގެ ގާނޫނު ވުޖޫދަށް އައުމަށް ފަހުގައި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

މަޖިލީހުގެ ކޮމިޓީގައި މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއަރަ ސްޓޭޓް އެޓަރނީ ސަމާ އަހުމަދު ނަޖީބު ވިދާޅުވީ، ސޮއިކުރިކަމުގައިވީ ނަމަވެސް މީޑިއޭޝަން ކޮންވެންޝަންގައިވާ ކަންކަން ދިވެހިރާއްޖޭގައި ތަންފީޒުކުރަން ފަށާނީ މީޑިއޭޝަން ގާނޫނެއް އައުމަށް ފަހުގައި ކަމަށެވެ. ސޮއިކުރުމުގެ ސަބަބުން މަޖިލީހުގެ ރުހުން ހޯދަން ހުށައެޅުއްވި ސަބަބު ބަޔާންކޮށްދެއްވަމުން ސަމާ ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ އިލްތިމާޒް އުފުލަން ޖެހޭ ހުރިހާ މައްސަލައެއްގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެން (ބަންޑާރަ ނައިބުގެ އޮފީހުން) ގާނޫނު އެކުލަވާލާ، އެ ގާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ، އެ ގާނޫނާ ގުޅޭގޮތުން މަޝްވަރާ ކުރެވި، ގާނޫނު ވުޖޫދަށް އައުމަށް ފަހު ދެން އޭގެ ފަހުން އަޅުގަނޑުމެން ތަސްދީގުކުރަން ހުށައަޅާނީ
ސަމާ އަހުމަދު - ބަންޑާރަ ނައިބު އޮފީސް

ސަމާ އިތުރަށް ވިދާޅުވީ، އެ ކޮންވެންޝަންގައި ސޮއިކުރި ކަމުގައިވީ ނަމަވެސް އެއަށް އަމަލުކުރަން ދިވެހިރާއްޖޭގެ މައްޗަށް އެއްވެސް އިލްތިޒާމެއް ނެތް ކަމަށެވެ.

މި ކޮންވެންޝަންގައި ސޮއިކުރުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކިހާ ވަރެއްގެ އަސަރެއް ކުރާނެތޯ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން، ސަމާ ވިދާޅުވީ މުއާހަދާގައި ސޮއިކުރި ކަމުގައިވީ ނަމަވެސް ދިވެހި ދައުލަތުން އެއްވެސް މާލީ ބުރައެއް އުފުލާކަށް ނުޖެހޭނެ ކަމަށެވެ. އަދި މުއާހަދާ ތަންފީޒުކުރުމުގެ ކުރިން ރާއްޖޭގެ އިގްތިސާދުގެ އެސެސްމަންޓެއް ހަދާނެ ކަމަށާއި މިހާރު ވުޖޫދުގައި ހުރި ގާނޫނުތައް ވެސް މުރާޖައާ ކުރާނެ ކަމަށް ވެސް ސަމާ ވިދާޅުވިއެވެ.

މުއާހަދާގައިވާ ކަންކަން އިތުރަށް އޮޅުންފިލުއްވައި ދެއްވަމުން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މުއާހަދާގައި ވަނީ ބައިނަލްއަގްވާމީ ސެޓްލްމަންޓްތަކާއި ގުޅޭ އެގްރީމަންޓެއް ތަންފީޒުކުރުމުގެ ކުރިން އެ ގައުމުތަކުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ކަމުގައެވެ.

މުއާހަދާގެ އަރޓިކަލްސްތަކުގައި ހަގީގަތުގައި ބަޔާންކުރަނީ އެގައުމުތަކުން ބަލަން ޖެހޭނީ ކޮންކޮން ކަންތައްތަކެއްތޯ. މިސާލަކަށް ސެޓްލްމަންޓް އެގްރީމަންޓެއް އެކުލަވާލެވިފައި އޮތް ކަމުގައިވީ ނަމަވެސް، އެ ސެޓްލްމަންޓް އެގްރީމަންޓްގަ ވަކި ޝަރުތުތަކެއް އޮންނަން އެބަޖެހޭ. އެހެންކަމުން ގައުމުތަކުން ހަގީގަތުގައި ބަލަންޖެހޭ ކަންކަން އެ ކޮންވެންޝަންގައި ބަޔާންކޮށްފައި މިވަނީ
ސަމާ އަހުމަދު - ބަންޑާރަ ނައިބު އޮފީސް

ރާއްޖެއިން "ސިންގަޕޯރ ކޮންވެންޝަން އޮން މީޑިއޭޝަން" މުއާހަދާގައި ރާއްޖެއިން ސޮއި ކޮށްފައިވަނީ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން މި މުއާހަދާގައި ސޮއިކޮށްފައިވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުއެވެ. ސޮއިކުރެއްވުމަށް ފަހު ބަންޑާރަ ނައިބު ވިދާޅުވީ މި މުއާހަދާގެ ސަބަބުން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްވެގެން ދާނެ ކަަމަށެވެ.

Advertisement
0%
0%
0%
0%
0%
0%
ކޮމެންޓް