ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 19:30
އިންޑިއާ ސިފައިން ކަޝްމީރު ބޯޑަރު ކައިރީ ހަރަކާތްތެރިވަނީ
އިންޑިއާ ސިފައިން ކަޝްމީރު ބޯޑަރު ކައިރީ ހަރަކާތްތެރިވަނީ
އަލްޖަޒީރާ
އިންޑިއާ - ޕާކިސްތާން
އިންޑިއާ ސިފައިން ދިން ހަމަލާ އެއްގައި ޕާކިސްތާނުގެ ތިން މީހަކު މަރާލައިފި
 
މަސްރަހު ވަނީ ގޯސްވެެފައި
 
އިންޑިއާއިން އެ ވާހަކަތައް ދޮގުކުރޭ

ހަމަނުޖެހުން ބޮޑުވެފައިވާ ކަޝްމީރު ބޯޑަރު ކައިރި އިންޑިއާ ސިފައިން ދިން ހަމަލާއެއްްގައި ޕާކިސްތާނު ދެ މީހަކު މަރާލާ އިންޑިިއާ ސިފައިންގެ ތިން މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފް ޣަފޫރް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޯޑަރު ސަރަހައްދުގައި އިންޑިއާގެ ސިފައިންގެ ލަޝްކަރުތަކުން ދޭ ހަމަލާތައް އިތުުރުވެފައިވާ ކަމަށެވެ. އިންޑިއާގެ އޭއެންއައި ނޫސް އެޖެންސީ ވަނީ އެ ގައުމުގެ ސިފައިންގެ ފަސް މީހަކު މަރާލެވިފައިވާ ކަމަށް ޕާކިސްތާނުން ބުނި ވާހަކަ އިންޑިއާ ސިފައިންނާ ހަވާލާދީ ދޮގުކޮށްފައެވެ.

ޕާކިސްތާނުގެ ފުލުސް އޮފިސަރަކު ބުނީ، އެ ހަމާލަތަކުގައި ޕާކިސްތާނުގެ އާއްމުންގެ ދެ މީހަކު މަރުވެފައިވާ ކަމަށެވެ. އިންޑިއާ އާއި ޕާކިސްތާން އަނެއްކާވެސް ކޯޅެން ފަށާފައި މިވަނީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ކަޝްމީރަށް ލިބިފައިވާ އިމްތިޔާޒުތައް އުވާލުމަށް ނިންމުމާއި ގުޅިގެންނެވެ.

ކަޝްމީރު މައްސަލާގައި އިންޑިއާ އާ ޕާކިސްތާނާ ދެމެދު ބަޑީގެ ހަމަލާތައް އާއްމުކޮށް ހިނގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
0%
0%
83%
0%
0%
ކޮމެންޓް