ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 19:26
މާލެ ސިޓީ
މާލެ ސިޓީ
ސޯޝަލް މީޑިއާ
މީހަކު ވެއްޓުން
ހަދަމުންދާ އިމާރާތަކަށް އަރަން އުޅުނު މީހަކު ވެއްޓިއްޖެ
 
ވައިގޮޅީގައި އިން 2 އައުޓްޑޯ ޔުނިޓްއަށް ގެއްލުން ވެފައިވޭ
 
ވެއްޓުނީ އެއިމާރާތުގެ 5 ވަނަ ފަންގިފިލާ ވައިގޮޅިން 02 ވަނަ ފަންގިފިލާ އަށް
 
އެމީހާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ

މާފަންނުގައި ހަދަމުންދާ އިމާރާތަކަށް އަރަން އުޅުމުގެ ތެރޭގައި، އެ އިމާރާތުގެ ފަސް ވަނަ ފަންގިފިލާގެ ވައިގޮޅިން ދެވަނަ ފަންގިފިލާއަށް މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ 40 އަހަރުގެ ފިރިހެނަކު އެއިމާރާތަށް އެރުމަށް މަސައްކަތްކުރީ އިމާރާތުން އަޑުގަދަވާތީ ހިތްހަމަ ނުޖެހިގެން ކަމަށެވެ. އަދި އިމާރާތަށް އަރަން އުޅެނިކޮށް އެއިމާރާތުގެ 5 ވަނަ ފަންގިފިލާ ވައިގޮޅިން 02 ވަނަ ފަންގިފިލާއަށް ވެއްޓިފައވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ 10:15 ހާއިރުކަމަށްވެސް ފުލުހުން ބުންޏެވެ.

ވެއްޓުނު އެމީހާގެ ބޭރުފުށުން މާބޮޑު އަނިޔާއެއް ވެފައިނުވާކަމަށާއި، އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދީފައިވާކަމަށް ފުލުހުނުް ބުންޏެވެ. އަދި މި ހާދިސާގައި ވައިގޮޅީގައި އިން 2 އައުޓްޑޯ ޔުނިޓްއަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
25%
50%
25%
ކޮމެންޓް