ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 17:35
ފިލްމް \"ބަޓްލާ ހައުސް\" ގެ މަންޒަރެއް
ފިލްމް "ބަޓްލާ ހައުސް" ގެ މަންޒަރެއް
ޓްވިޓަރ
ބަޓްލާ ހައުސް
ބަޓްލާ ހައުސް މިއަދު ރިލީޒްކޮށްފި
 
މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް

ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމް ފެނިގެންދާ ފިލްމް ބަޓްލާ ހައުސް މިއަދު ރިލީޒްކޮށްފިއެވެ.

މި ފިލްމް އޮގަސްޓް 15 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު ފިލްމްއަށް ފުރަތަމަ ދުވަހު އާމްދަނީއެއްގެ ގޮތުގައި 15 އިންޑިއަން ކަރޯޑް ރުޕީސް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބަޓްލާ ހައުސްގައި ޖޯން އަބްރަހަމް އާއެކު ދެން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވެގެންދާ އެކްޓްރަސް މްރްނަލް ޓާކުރްއެވެ.

މި ފިލްމަކީ ސެޕްޓެމްބަރު 2008 ވަނަ އަހަރުގެ 19 ވަނަ ދުވަހު ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަދި އިންޑިއާގެ ޓެރަރިސްޓު ގްރޫޕަކާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުން ދައްކުވައިދޭ މި ފިލްމުގައި ޖޯން އަބްރަހަމް ފެނިގެންދާނީ އެ ދުވަހުގެ ހާދިސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕޮލިސް ކޮމިޝަނަރ ސަންޖީވް ކުމާރ ޔާދަވްގެ ރޯލުންނެވެ.

މި ފިލްމްގައި މަޝްހޫރު ބޮލީވުޑްގެ އައިޓަމް ލަވަތަކުން ފެނިގެންދާ ނޯރާ ފަތޭހީގެ ހާއްސަ ތީމް ލަވައެއް ފެނިގެންދެއެވެ. އެގޮތުން އޭނާ ހަރަކާތްތެރިވާ ލަވަ "އޯ ސާކީ ސާކީ" އަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް