ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 13:06
އދ. މަހިބަދޫ
އދ. މަހިބަދޫ
ގޫގުލް
މޯލްޑިވްސް ޕޮލިސް ސަރވިސް
މަހިބަދޫއިން ވަގަށް ނެގި 46،000އަށް ވުރެ ގިނަ ފައިސާ ހޯދައިފި
 
ފުލުހުން ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެއް

އދ. މަހިބަދޫ ގެއަކުން ވަގަށް ނެގި 46،000އަށް ވުރެ ގިނަ ފައިސާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު މަހިބަދޫ ގެއަކުން ވައްކަން ކޮށްގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަން ފެށިތާ 7 ގަޑިއިރާއި 30 މިނިޓް ތެރޭގައި ފުލުހުން ވަގަށް ނެގި ތަކެތި ހޯދާފައިވާ ކަަމަށެވެ.

މަހިބަދޫ ގެއިން ވަގަށް ނަގާފައިވަނީ 46،000ރ. އާއި 84 ޑޮލަރެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް