ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 14:38
މިހާދިސާގައި އެމަރޖެންސީކޮށް ޖެއްސި ފްލައިޓް
މިހާދިސާގައި އެމަރޖެންސީކޮށް ޖެއްސި ފްލައިޓް
ރޮއިޓަރސް
ރަޝިއާ
ކުޅަދާނަ ކަމާއެކު ޒުވާރި ދަނޑަކަށް ރަޝިއާގެ ފްލައިޓެއް އެމަރޖެންސީކޮށް ލޭންޑް ކޮށްފި
 
ޕައިލެޓަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުން
 
ފްލައިޓުގައި ތިބީ 7 ކްރޫއިން
 
ފްލައިޓުގައި އޭރު 223 ފަސިންޖަރުން ތިބި

ރަޝިއާގައި ފަސިންޖަރުން އުފުލާ ފްލައިޓަކަށް ދިމާވި އެމަރޖެންސީ ހާލަތަކާއި ގުޅިގެން ކުޅަދާނަ ކަމާއެކު ޒުވާރި ދަނޑަކަށް ފްލައިޓުގެ އެމަރޖެންސީ ލޭންޑިންގއެއް ކޮށްފިއެވެ.

މޮސްކޯގެ ސިޓީއެއް ކަމަށްވާ ޒުކޮފްސްކީގައި މި ފްލައިޓް އެމަރޖެންސީކޮށް ޖައްސާފައިވާއިރު، ފްލައިޓުގައި އޭރު 223 ފަސިންޖަރުންނާއި 7 ކްރޫއިން ތިބި ކަމަށް އަލް ޖަޒީރާ ނޫހުގައި ރިޕޯރޓްކޮށްފައިވާއިރު، ފްލައިޓް އެމަރޖެންސީކޮށް ޖައްސަންޖެހުނީ އުދުހިފައި ދިޔަ ދޫނިތަކެއް އިންޖީނުގައި ޖެހުމުގެ ސަބަބުން ކަމަށް ރިޕޯރޓްތައް ބުނެއެވެ.

އެއާލައިންގެ ޖެނެރަލް ޑިރެކްޓަރާ ހަވާލާދީ އެޤައުމުގެ ނޫސްތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި ފްލައިޓުގެ 2 އިންޖީނު ތެރެއަށްވެސް މި ދޫނިތައް ވަދެފައިވާއިރު، އެމަރޖެންސީ ލޭންޑިންގ އެއް ކޮށްފައިވަނީ ރަންވޭއާއި 1 ކިލޯމީޓަރު ދުރުގައި ފްލައިޓް އޮއްވައެވެ.

އެކަމާ ގުޅިގެން އެޤައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ރިޕޯރޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި 23 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، އޭގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނެއެވެ. އެގޮތުން އެ ފަރާތްތަކަށް ވަގުތުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ.

މިހާދިސާއާ ގުޅިގެން ފްލައިޓް ދުއްވަން އިން ޕައިލެޓަށް ގިނަބައެއްގެ ތައުރީފް އޮހެމުންދާއިރު، މިއީ ކުޅަދާނަ ލޭންޑިންގއެއް ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
7%
76%
4%
2%
2%
9%
ކޮމެންޓް