ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 12:43
ލ.ހިންނަވަރު
ލ.ހިންނަވަރު
މިނިސްޓްރީ އޮފް ހޯމް އެފެއަރޒް
އަޟްހާ އީދު
ހިންނަވަރުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ؛ ފުލުހުން
 
އެ ސަރަހައްދަށް ގޮސް ހަމަނުޖެހުން ކޮންޓްރޯލްކުރި
 
ރިޕޯރޓް ލިބުނީ ބުދަ ދުވަހުގެރޭ 12:18 ހާއިރު

އަޟްހާ އީދުގެ އުފާ ފާޅުކުރުމަށްޓަކައި ކުރިއަށްގެންދިޔަ އީދު ޝޯއެއްގެ ތެރެއިން ޅ.ހިންނަވަރާއި އެ އަތޮޅު ނައިފަރު މީހުންނާ ދެމެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހިންނަވަރު ބަޔަކާ ނައިފަރު ބަޔަކާ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ ސަރަހައްދުގެ ވީޑިއޯއެއް ކަމަށް ބުނެ މީސްމީޑިއާގައި ވީޑިއޯ ވައިރަލް ވެފައިވާއިރު، އެކަމާ ގުޅިގެން ފުލުހުން ބުނީ، ހަމަނުޖެހުން ހިނގި ކަމުގެ ރިޕޯރޓް ބުދަ ދުވަހުގެރޭ 12:18 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އެގޮތުން ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެ ސަރަހައްދަށް ގޮސް ހަމަނުޖެހުން ކޮންޓްރޯލްކޮށް، އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ފޮނުވާލާފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަޟްހާ އީދުގެ އުފާ ފާޅުކޮށް، ރަށްރަށުގެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް ގިނަ ރަށްރަށުގައި ކުލަގަދަ ގޮތެއްގައި އީދު ފާހަގަކޮށްފައިވާއިރު، މަދުން ނަމަވެސް މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވެފައިވެއެވެ. އެގޮތުން ތ.ވޭމަންޑޫ ގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށްގެންދަނިކޮށް ފިރިހެނެއް އަންހެނަކާ މެދު ބަދު އަހުލާގީ އަމަލު ހިންގި މައްސަލަ އެއް ފެންމަތިވެ އެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
25%
25%
0%
50%
ކޮމެންޓް