ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 16:18
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ރިލައަންސް އިންޑަސްޓްރީސްގެ މުކޭޝް އަމްބާނީ
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ރިލައަންސް އިންޑަސްޓްރީސްގެ މުކޭޝް އަމްބާނީ
ފައިނޭންޝަލް ޓައިމްސް
އަރަމްކޯ - ރިލައަންސް އިންޑަސްޓްރީޒް
ސައުދީ އަރަމްކޯއިން އިންޑިއާގެ ރިލައަންސް ކުންފުންޏަށް 75 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
 
މިއީ އަރަމްކޯގެ ވިޔަފާރި ފުޅާކުރުމުގެ ގޮަތުން ކުރާ މަސައްކަތެއް
 
ސައުދީ އިން އިންވެސްޓް ކުރަން ނިންމާފައިވަނީ ރިލައަންސްގެ ސާފުނުުކުރާ ތެޔޮ ވިޔަފާރިއަށް

ސައުދީ އަރަބިއާގެ އަރަމްކޯއިން އިންޑިއާގެ ރިލައަންސް އިންޑަސްޓްރީސްގެ ސާފު ނުކުރާ ތެޔޮ ކެމިކަލްއަށް ބަދަލުކުރާ ވިޔަފާރީގެ 20 އިންސައްތަ ހިއްސާ 75 ބިލިއަން ޑޮލަރަށް ގަންނަން ނިންމައިފިއެވެ.

މި އެއްބަސްވުމުގެ މައުލޫމާތު ރިލައަންސްގެ ހިއްސާދާރުންގެ އަހަރީ އާންމު ބައްދަލުވުމުގައި ހާމަކުރީ އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރު އަދި އިންޑިއާގެ އެންމެ މުއްސަންދި މަހުޖަނު، މުކޭޝް އަމްބާނީއެވެ. މި އެއްބަސްވުމާއި ބެހޭ ހުރިހާ މައުލޫމާތެއް އަދި ތިލަވެފައި ނުވާއިރު، އަންނަ އަހަރުގެ މަރޗް މަހުގެ ކުރިން އެއްބަސްވުމުގެ ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށް ރިލައަންސް އިންޑަސްޓްރީސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޕީ.އެމް.އެސް. ޕްރަސާދް ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން އަރަމްކޯގެ 5 ލައްކަ ފީފާގެ ސާފު ނުކުރާ ތެޔޮ، ރިލައަންސުން ގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާރު ގަންނަ ވަރަށް ވުރެ ދެ ގުނަ އިތުރު އަދަދެއް ކަމަށް ރިލައަންސުން ވަނީ ބުނެފައެވެ.

މިއީ އަރަމްކޯގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ އެއްބަސްވުމެއް ކަމަށް އަރަމްކޯއިން ވަނީ މައުލޫމާތު ދީފައެވެ. އަރަމްކޯއިން އަންނަނީ އެކުންފުނީގެ ކާރުހާނާތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ތެޔޮ ގަންނާނެ އާ ބާޒާރުތައް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަރަމްކޯއިން މި މަސައްކަތް ކުރަމުން އަންނަނީ އޭޝިއާގެ ބާޒާރަށް ހާއްސަ އަހައްމިއްޔަތެއް ދީގެންނެވެ.

ސައުދީގެ އަރަމްކޯއަކީ ސައުދީ ދައުލަތުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ ތެރޭގައި އެކުންފުނީގެ ހިއްސާ، ހިއްސާގެ ބާޒާރުގައި ވިއްކަން ވިސްނި ނަމަވެސް ފަހުން ވަނީ ހިއްސާ ވިއްކުން މަޑުޖައްސާލާފައެވެ. ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 1.3 ޓްރިލިއަން ޑޮލަރު ކަމަށް މާލީ ދާއިރާގެ މާހިރުން ވަނީ އަންދާޒާ ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް