ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 11:11
ރައީސް ޔާމީން
ރައީސް ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އެސްއޯއެފުން ޖަމާކުރި ފައިސާގައި އަތްނުލުމަށް އެންގި އިރު ވެސް އިންވެސްޓްމެންޓް އެކައުންޓަށް ވަނީ ޖަމާ ކޮށްފައި: ރައީސް ޔާމީން
 
އެސްއޯއެފުން ޖަމާކުރި ފައިސާ އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އަސްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ބުނޭ
 
ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން 36 މަސް ދުވަހަށް އިންވެސްޓުކޮށް ފައިދާ ހޯއްދަވާފައިވޭ
 
އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކުރެއްވީ މޫސާ ޒަމީރުގެ ފައިސާ

އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެސްއޯއެފްއިން ކުރީގެ ރައީސް އަބްދުﷲ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރުގައި އަތް ނުލުމަށް އެންޓިކަރަޕްޝަން ކޮމިޝަން(އޭސީސީ)އިން އެމަނިކުފާނަށް އެންގެވި އިރު ވެސް އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ހެކި ބަސް ނެގުމަށް އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްއިން ޖަމާކުރި ފައިސާގައި އަތް ނުލުމަށް އޭސީސީއިން އަންގާފައިވަނީ 2018 ވަނަ އަހަރު ކަމަށާއި 2017 ވަނަ އަހަރު އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އޮތް ހުރަހަކީ ކޮބައިތޯ އެމަނިކުފާނު ވަނީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި ސުވާލު ކުރައްވާފައެވެ.

އޭސީސީއިން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި 27 ވަނަ ދުވަހު މި ފައިސާއަށް ޓަޗް ނުކުރާށޭ ވިދާޅުވިއިރު ވެސް ރައީސް ޔާމީންގެ އިންވެސްޓްމެންޓް އެކައުންޓަށް ފައިސާ މޫވް ވެފައިވަނީ އޭގެ އެއް އަހަރު ކުރިން. އޭރުވެސް ތަހުގީގު ކުރިއަށް ގެންދަވަނީ. ތަހުގީގު ކުރިއަށް ގެންދިއުމުން މީގެ ޒާތަށް އެއް މިލިއަން ޑޮލަރު މިތާ ހުއްޓަސް ނެތަސް ތަހުގީގުން އެއީ ދައުލަތަށް ލިބެންވާ ފައިސާތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ކޮން ހުރަހެއްތޯ މެދުވެރިވަނީ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު ވިދާޅުވީ އެސްކްރޯ އެކައުންޓަށް ކޮންމެ ފައިސާއެއް ޖަމާކުރި ކަމުގައި ވީނަމަވެސް ފައިސާ ވާނީ ފައިސާއަށް ކަމަށެވެ. އެކަމަކު މުއައްވިޒު ވިދާޅުވީ އެސްކްރޯ އެކައުންޓަށް ޖަމާކުރަންޖެހޭނީ ކޮން ފައިސާއެއްކަން އެގްރިމެންޓުގެ ތިންވަނަ މާއްދާގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ. ރާއްޖޭގެ ބޭންކިން ނިޒާމް އޮތްގޮތުން އެހެން ބޭންކެއްގައި ހުންނަ ފައިސާ އެހެން ބޭންކްތަކަށް ޓްރާންސްފަރ ކުރެވޭނެ ކަމަށް ވެސް މުއައްވިޒު ވަނީ ވިދާޅުވެފައެވެ.

އެސްކްރޯ އެކައުންޓުގައި އެއް މިލިއަން ޑޮލަރު ހުއްޓަސް އޭގެ ޒާތަށް ނުވަތަ އެއީ ކޮން ފައިސާއެއްކަން ނޭނގުނަސް އެކސްކްރޯ އެގްރިމެންޓުގެ ދަށުން އެއީ ކޮންމެ ފައިސާއަކަށް ވީނަމަވެސް ދައުލަތުން މި މަސައްކަތް ފައްޓަވާފައި އޭސީސީއިން މި މަސައްކަތް ފައްޓަވާފައި މި އޮތީ ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ ވާހަކަ. އެކަމަކު އެއްމިލިއަން ޑޮލަރުގެ ތަހުގީގު ކޮންމެ ފައިސާއެއް އެސްކްރޯ އެކައުންޓުގައި ހުރި ނަމަވެސް އެއް މިލިއަން ޑޮލަރުގެ ތަހުގީގު ކުރައްވާ ނިންމަވަން އެއީ އިރެލަވަންޓް ތޯ ނުވަތަ ރެލަވަންޓް ތޯ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އެސްކްރޯ އެކައުންޓުގެ ތިންވަނަ މާއްދާގައި ސްޕެސިކަލީ މެންޝަން ކޮށްފައި އެބައިން ކޮން އެކައުންޓެއްގައި ހުރި ކޮން ފައިސާ އެއް ކަމެއް އެސްކްރޯ އެކައުންޓަށް ޖަމާވާންޖެހޭނީ.
މުއައްވިޒު ރަޝީދު

އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކޮށްފައިވަނީ އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އެކައުންޓުން އެމަނިކުފާނުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުންނެވެ.

ޖުލައި މަހުގެ 21 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެސްއޯއެފްގެ ފައިސާ އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ޑޮލަރު އެކައުންޓަށް ޖަމާވިކަން އެ ބޭންކުން ވެސް އަންގާފައި ނުވާ ކަމަށެވެ. އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެފައިވާކަން އެނގިލެއްވީ އޭސީސީގެ އޭރުގެ ރައީސަކަށް ހުންނެވި ހަސަން ލުތުފީ އެމަނިކުފާނަށް 2016 ވަނަ އަހަރު ފޯނުން ގުޅުއްވާ ވިދާޅުވުމުން ކަމަށް ވިދާޅުވިއެވެ. އޭސީސީގެ ތަހުގީގަށް ފަހު އެމަނިކުފާނާއި އެކޮމިޝަނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި އެ އެއް މިލިއަނަށްވާ ފައިސާ ބެހެއްޓި ކަމަށާއި ނަމަވެސް އެކްސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެސްއޯއެފުން ޖަމާކުރި ފައިސާ ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތަށް ކަންތައް ކުރެއްވި ގޮތް ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓް ހުޅުވީ އެމަނިކުފާނު އަމިއްލައަށް ބޭނުންވެގެން ކަމަށާއި އެސްކްރޯ އެކައުންޓަށް އިސްލާމިކް ބޭންކް އެކައުންޓުން ނޫން އެހެން އެކައުންޓަކުން ފައިސާ ޖަމާކުރަން ޖެހުނީ ޝައްކު ކުރެވޭ ފައިސާތައް އަތްޕުޅުގައި ނުބަހައްޓަވަން ވެގެންކަަމަށެވެ.

އޭސީސީއިން ބުނެފައިވަނީ އެ ކޮމިޝަނާއި އެކު ހެދި އެކްސްކްރޯ އެކައުންޓަށް ޖަމާ ކުރަންޖެހޭނީ އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރުކަން ދެފަރާތުގެ އެއްބަސްވުމުގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާނެ ކަމަށެވެ. އެއް އަހަރު ތެރޭގައި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާއި މެދު ގޮތެއް ކަނޑައެޅުމަށް އެއްބަސްވުމުގައި ވީނަމަވެސް ގޮތް ކަނޑަނޭޅުނީ އެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެސްއޯއެފްގެ ފައިސާއަށް ނުވުމުން ކަމަށް އޭސީސީއިން ބުނެއެވެ. އަދި އެކަން ރައީސް ޔާމީނަށް ވެސް އަންގަވާފައިވާނެ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ވެސް ވަނީ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ. އަދި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ރައީސް ޔާމީން 36 މަސް ދުވަހަށް އިންވެސްޓުކޮށް ފައިދާ ހޯއްދަވާފައިވާ ކަން ހާމަވާކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
13%
4%
0%
70%
4%
9%
ކޮމެންޓް
15 އޯގަސްޓް 2019 | ބުރާސްފަތި 16:07
ޜޯނު އެދުރު
ކުރީގެ ރައީސް އޮޅުވާލަން ދައަކާ ވާހަކަ އެއީ.. މިއުޅެނީ ތިޔަ އެކައުންޓަކަށް ލާރި ޖަމާ ކޮއްގެން އެ ލާރި ބޭނުން ކޮށް އޭގެން ވިޔަފާރި ކޮއްގެން މަންފާ ހޯދީމަ އެކަމާ ދައުވާކުރީމަ އެފައިސާ ތިމަް ބޭނުން ކުރީ ހައްގު ގޮތުގަ ކަމަށް ދައްކަން... ޢަމިއްލަ އިއުތިރާފުން އެ ފައިސާ ބޭނުން ކުރިކަމަށް އެއްބަސް ވީމަ ވަގުތުން ހުކުން ކުރަން ވީ....
15 އޯގަސްޓް 2019 | ބުރާސްފަތި 11:23
އެދުރު
ތީދޯ ތިބުނާ ހަލާލުނޫން ފައިސާ.