ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 09:17
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހާއިއެކު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހާއިއެކު
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
 
ރާއްޖެއާ ގުޅުން އޮންނަތާ އެތައް އަހަރެއް
 
އިންޑިއާގެ އެހީ ރާއްޖެއަށް ލިބެމުންދޭ
 
މިއަދަކީ އިންޑިއާގެ 73 ވަނަ މިނިވަން ދުވަސް

އިންޑިއާގެ 73 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ.

އިންޑިއާއަކީ ރާއްޖެއާއި އަވަށްޓެރި އަދި ގާތް ގުޅުމެއް ބާއްވަމުންދާ ގައުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ ދެމެދުގައިވާ އެކުވެރިކަން ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ކުރިއެރުމަށް އެކީ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާ އިނގިރޭސިންގެ އަތްދަށުން މިނިވަން ވެފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް