ކ. މާލެ
|
8 މާރޗް 2017 | ބުދަ 19:31
ނަޝީ ކޭކްސް އިން ބަހާ ކޭކް ޕީސް
ނަޝީ ކޭކްސް އިން ބަހާ ކޭކް ޕީސް
ރާއްޖެއެމްވީ
ނަޝީ ކޭކްސް
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
 
ބުދަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހިލޭ ކޭކު ޕީސް ބެހުން

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކު ބެހުމަށް ހަމަޖައްސައިފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އައިމިނަތު ނަޝީދާ ބުނީ އަންހެނުންގެ ދުވަހާއި ގުޅިގެން ނަޝީ ކޭކެސް އިން ބުދަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހިލޭ ކޭކު  ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 26 ން ފެށިގެން މާޗް މަހުގެ 2 ވަނަ ދުވަހުގެ ނިއަލަށް ދުބާއީގައި ކުރިއަށް ދިޔަ އެމިރޭޓް ސެލޫން ކަލިނިއަރ (އީއެސްސީ) 2017 ގެ ކޭކުއެޅުމުގެ ދެ މުބާރާތުން ވެސް ތިންވަނަ ނަޝީ ކޭކްސް އަށް ވަނީ ލިބިފައެވެ.

އެމިރޭޓް ސެލޫން ކަލިނިއަރ ގައި ނަޝީ ކޭކްސް އިން ބައިވެރިވެފައިވަނީ ކެއްކުމުގެ އެކި މުބާރާތްތަކުގެ ތެރެއިން ކޭކު އެޅުމުގެ މުބާރާތްތައް ކަމުގައިވާ 3 ޓިއަރ ވެޑިންކޭކް މުބާރާތާއި ޕްރެކްޓިކަލް ކޭކް ޑެކަރޭޝަން މުބާރާތެވެ. މި ދެ މުބާރާތުން ވެސް ތިންވަނަ ހޯދާފައި މިވަނީ ނަޝީ ކޭކްސް އިންނެވެ.

3ޓިއަރ ވެޑިން ކޭކް މުބާރާތުގައި ނަޝީ ކޭކްސްގެ ފަރާތުން މަރިޔަމް ޝަފީގާގެ ކޭކު ބައިވެރިކޮށްފައިވާއިރު، ޕްރެކްޓިކަލް ކޭކް ޑެކަރޭޝަން މުބާރާތުގައި ބައިވެރިވީ އައިމިނަތު ނަޝީދާ (ނަޝީ) އެވެ. ދުބާއީ އަދި ސިންގަޕޫރުގައި ބޭއްވުނު މިފަދަ ލައިވް މުބާރާތްތަކުގައި ބައިވެރިވެ ނަޝީއަށް ގޯލްޑް މެޑަލް ލިބިފައިވެއެވެ.

ނަޝީ ކޭކްސްއަކީ ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ޚިދުމަތެއް ކަން ފާހަގަ ކުރެވެއެވެ

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް