ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 23:49
ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ
ޕޮލިސް
ފޭރުން
މާލޭގައި މީހެއްގެ އަތުން ފޯނެއް ފޭރިގެންފި
 
ފޯނު ފޭރިގެންފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު
 
ފޯނު ފޭރިގަނެފައިވަނީ ދާރުލް އާސާރު ކުރިމަތީގައި އޮންނަ މައިޒާން ކައިރިން

ވެރިރަށް މާލޭގައި މީހެއްގެ އަތުން ފޯނެއް ފޭރިގެންފިއެވެ.

ފުލުހުން ބުނީ، މަގުމަތިން ހިނގާފައިދިޔަ މީހެއްގެ އަތުން ފޯނު ފޭރިގަނެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ ފޯނު ފޭރިގަނެފައިވަނީ ބުދަ ދުވަހުގެ ރޭ 20:48 ހާއިރު ކަމަށެވެ.

މީގެ އިތުރުން، ފޯނު ފޭރިގަނެފައިވަނީ ލިލީ މަގާ ޗާންދަނީ މަގު ގުޅޭ ކަންމަތިން (ދާރުލް އާސާރު ކުރިމަތީގައި އޮންނަ މައިޒާން) ކައިރިން ކަމަށް ފުލުހުން މައުލޫމަތު ދީފައިވެއެވެ.

އެމީހާގެ އަތުން ފޯނު ފޭރިގެންފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އީދު ބަންދާ ގުޅިގެން ވައްކަމާއި ފޭރުމުގެ އަމަލުތައް ގިނަވާނެ ކަމަށް ލަފާކުރެވޭތީ ފުލުހުން ވަނީ، މުދަލަށް ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
50%
0%
50%
ކޮމެންޓް