ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 23:46
ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕީއެސްއެމް
ޕާކިސްތާންގެ މިނިވަސް ދުވަސް
ޕާކިސްތާންގެ މިނިވަން ދުވަހާ ގުޅިގެން ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި
 
ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުން ބައިވެރިވި
 
ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ފޮނުއްވެވި ޚާއްސަ މެސެޖެއް އިއްވި

ޕާކިސްތާންގެ 73 މިނިވަން ދުވަހާ ގުޅިގެން ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

ޕާކިސްތާން އެމްބަސީގައި ބޭއްވި މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑުއަޅުއްވާފައިވާ ސަފީރު ރިޓަޔާޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމެވެ.

މިރަސްމިއްޔާތުގައިޕާކިސްތާނަށް މިނިވަންކަން ހޯދައިދެއްވުމަށް އެގައުމުގެ ބަތަލުން ކުރެއްވި މަސައްކަތުގެ މުހިންމުކަން ފަހާގަކުރައްވާ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ފޮނުއްވެވި ޚާއްސަ މެސެޖެއް ވަނީ އިއްވަވާފައެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުން ބައިވެރިވެފައިވާއިރު މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކޭކެއް ވެސް ފެޅިފއެވެ.

ޕާކިސްތާންގެ މިނިވަން ދުވަހާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ހުރިހާ ރައްޔިތުންނަށް އަރިސްކޮށްފައެވެ.

ޕާކިސްތާންގެ ފަރާތުން މިގައުމަށް ލިބިފައިވާ އަދި ލިބެމުންދާ އެންމެހާ އެހީތެރިކަމަށް ދިވެހި ގައުމާ ރައްޔިތުންގެ ފަރާތުން ވަނީޝުކުރު ދަންނަވާފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ދެގައުމުގެ މެދުގައި އޮތް އެކިއެކި ގުޅުންތައް އެކި ދާއިރާތަކުން އިތުރަށް ވަރުގަދަ ކުރުމަށް ދެގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އިނގިރޭސީންގެ އަތްދަށުން ޕާކިސްތާނަށް މިނިވަންކަން ލިބުނީ 14 އޯގަސްޓް 1947 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް