ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 18:13
ފޭދޫގައި ހުޅުވާފައި ހުންނަ ޕޯސްޓް އޮފީސް
ފޭދޫގައި ހުޅުވާފައި ހުންނަ ޕޯސްޓް އޮފީސް
އައްޑޫ ލައިވް
އައްޑޫ ސިޓީ ފޭދޫ
އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފިސް ފަޅާލައި، ވައްކަންކޮށްފި
 
2 ސީޕީޔޫ އާއި ޕްރިންޓަރެއްގެ އިތުރުން، ސްކޭނަރ އެއް ވަގަށް ނަގަފައިވޭ
 
ޕޯސްޓް އޮފިސް ފަޅާލާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 9:00 ހާއިރު

އައްޑޫ ސިޓީ ފޭދޫގެ ޕޯސްޓް އޮފިސް ފަޅާލައި, އެ ތަނުން ވައްކަންކޮށްފި އެވެ.

ފުލުހުން ބުނީ، އެ ރަށުގެ ޕޯސްޓް އޮފިސް ފަޅާލާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 9:00 ހާއިރު ކަމަށެވެ. މިހާތަނަށް ބެލި ބެލުމުގައި ޕޯސްޓް އޮފީހުން 2 ސީޕީޔޫ އާއި ޕްރިންޓަރެއްގެ އިތުރުން، ސްކޭނަރ އެއް ވަގަށް ނަގަފައިވާ ކަމަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އީދު ބަންދާ ދިމާކޮށް ވައްކަމުގެ މައްސަލަތައް އިތުރުވެދާނެތީވެ، އެކަމަށް ސަމާލުވުމަށް ފުލުހުން މީގެކުރިން ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެއެވެ. އަދި އޮފީސްތަކާއި ހަވާލުވެ ތިބޭ ފަރާތްތަކުންވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުން ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
0%
50%
0%
0%
ކޮމެންޓް