ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 18:33
ވިޔަފާރިވެރިންގެ ބަނދަރު
ވިޔަފާރިވެރިންގެ ބަނދަރު
ކަސްޓަމްސް
ކަސްޓަމްސް
ޖުލައި މަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ 6 މިލިއަން ރުފިޔާ އިތުރުވެއްޖެ
 
އަގުގެ ގޮތުން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ އިން
 
މިއަހަރުގެ ޖުލައި މަހު މި އަދަދު 287 މިލިއަން ރުފިޔާއަށް އަރާފައިވޭ
 
2018 ގެ ޖުލައި މަހު ދައުލަތަށް ލިބުނީ 281 މިލިއަން ރުފިޔާ

މޯލްޑިވްސް ކަސްޓަމްސް ސާރވިސް މެދުވެރިކޮށް ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު 6 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފްސާ ހިސާބުތައް ދައްކާގޮތުން ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 2 އިންސައްތަ ވަނީ އިތުުރުވެފައެވެ. 2018 ވަނަ އަހަރުގެ ޖުލައި މަހު 281 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 287 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި ޖުލައިމަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފްއަގު 2018 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ ދަށްވެފައެވެ. 2018 ވަނަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއިން 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 3.7 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ވޭތުވެދިޔަ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލާއި އެކްސްޕޯޓްކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 އިންސައްތަ ޔޫ.އޭ.އީ. އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރު އަދި ޗައިނާއިން ވަނީ 13 އިންސައްތަ އިމްޕޯޓްކޮށްފައެވެ. އަދި މީގެ އިތުރުން އިންޑިއާއިން 11 އިންސަައްތަ މުދާ އެތެރެކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް