ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 13:02
\"އުކުޅަސް ޓެކް ފެއަރ 2019\" އެއްބަސް ވުމުގައި ރާއްޖެ ޓީވީއާއި އެކު ސޮއިކުރުން - ރާއްޖެއެމްވީ
"އުކުޅަސް ޓެކް ފެއަރ 2019" އެއްބަސް ވުމުގައި ރާއްޖެ ޓީވީއާއި އެކު ސޮއިކުރުން - ރާއްޖެއެމްވީ
ރާއްޖެއެމްވީ
އުކުޅަސް ޓެކް ފެއަރ
ޓެކްނޮލޮޖީގެ އައު ހޯދުންތަކާއެކު 'އުކުޅަސް ޓެކް ފެއަރ' އާންމުންނަށް ހުޅުވާލަނީ
 
ފެއަރ ގައި 50 އަށްވުރެ ގިނަ ސައިންސްވެރިން ބައިވެރިވޭ
 
ފެއަރގައި 25 އަށްވުރެ ގިނަ ފަރާތްތަކުގެ ހޯދުންތައް ހުށައަޅާ
 
ފެއާ ކުރިޔަށް ދާނީ އުކުޅަހުގައި ހެދޭ ކޮންވެންޝަން ސެންޓަރުގަ

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ "އުކުޅަސް ޓެކް ފެއަރ" އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި މި މަހާސިންތާ އިންތިޒާމްކުރާ ފަރާތް ކަމަށްވާ އުގައިލް ފައުންޑޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ މިފަދަ ބައިނަލްއަޤުވާމީ ހަރަކާތެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރު ކަމަށް ވުމާއެކު، މި ފެއަރ މެދުވެރިކޮށް ރާއްޖޭގެ ޓެކްނޮލޮޖީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ފެއަރގައި 25 އަށްވުރެ ގިނަ ފަރާތްތަކުން ޓެކްނޮލޮޖީއާއި ގުޅުންހުރި އައު ހޯދުންތައް ދައްކާލާއިރު، އޯގަސްޓު މަހުގެ 26 އިން ފެށިގެން 28 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް އާންމުންނަށް ފެއަރ ހުޅުވާލެވިފައި ހުންނާނެ ކަމަށް އުގައިލް ފައުންޑޭޝަނުން ބުނެއެވެ.

އުކުޅަހުގައި ކުރިޔަށްދާ މި މަހާސިންތާ ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ފުރަތަމަ ބަޔަކީ އިންޓަނޭޝަނަލް ކޮންފަރެންސް އަދި ދެވަނަ ބަޔަކީ ޓެކް ފެއާގެ ބަޔެވެ. އިންޓަނޭޝަނަލް ބައިގައި ބައިވެރިވާނީ އާޓިފިޝަލް އިންޓަލިޖެންސް އަދި ކޮމްޕިއުޓަރ ސައިންސްގެ ދުނިޔޭގެ ފެންވަރުގައި ފުންނާބު އުސް އިސް ފަރާތްތަކުން ކަމަށާއި، މީގެ އިތުރުން ޓެކްނޮލޮޖީއާ ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މުރަކައާގުޅޭ ހޯދުންތަކުގެ ދިރާސާގެ މައްޗަށް ހުށައަޅުއްވައިދެއްވާ ޚާއްސަ ހުށައެޅުމެއްވެސް އޮންނާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މި ފެއަރގައި އާރޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއާއި ގުޅުންހުރި 50 އަށްވުރެ ގިނަ ސައިންސްވެރިން ބައިވެރިވެ ވަޑައިގަންނަވާއިރު، ލޯކަލް ޕާޓިސިޕޭޝަނުންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މި ފެއަރގައި ޕްރެޒެންޓް ކުރުމަށް ޓެކް ފެއަރގެ މެންބަރުންނަށް ފުރުސަތު ދެވޭނެއެވެ. އަދި ސައިންޓިސްޓުންނާއި އެއްކޮށް ސުވާލަށް ޖަވާބު ދިނުމަށް ފުރުސަތު ހުޅުވާލެވޭނެއެވެ.

އުކުޅަހުގައި އަލަށް ހަދާ ކޮންވެންޝަން ސެންޓަރުގައި މި ފެއަރ ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ އިރު، މި ފެއަރގެ މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
89%
0%
6%
6%
0%
ކޮމެންޓް
14 އޯގަސްޓް 2019 | ބުދަ 17:46
އަލީ
ފެއާ ބަލަންދާން ބޭނުންވާ މީހުންނަށް ޝަޓްލް ލޯންޗު ހަމަޖެހިއްޖިޔާ ވަރަށް ރަނގަޅުވާނެ