ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 11:41
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ).
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ).
މުހައްމަދު ޝަރުހާން
މާލިއްޔަތު ކޮމިޓީ
ޚަޒާނާގެ އިޖުރާއަތްތަށް ދިނުމަށް މިދިޔަ ސަރުކާރުން އެދުނު: ނީޒާ
 
އަދީބާއި އަޒީމާއާ ދެމެދު ބަދަލުކުރެވުނު ޓެކްސް މެސެޖްތަކެއް ޑޮކިއުމެންޓްރީގައިވޭ
 
އަދީބާއި ގުޅިގެން 1.5 ބިލިއަން ޑޮލަރު ދޮވުމުގެ ރޭވުންތައް ރާވާފައިވާކަމުގެ ތުހުމަތު
 
ކުރަން ނުޖެހޭ ކަންތައްތައް ނުކުރާނެ ކަމަށް ދެންނެވިކަމަށް ވިދާޅުވި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޚަޒާނާގެ އިޖުރާއަތްތައް ދިނުމަށް މިދިޔަ ސަރުކާރުން އެދުނު ކަމަށް އެ އޮތޯރިޓީގެ އެސިސްޓެންޓް ގަވަރުނަރަކަށް ކުރިން ހުންނެވި ނީޒާ އިމާދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނީޒާ ވިދާޅުވީ އެ އޮތޯރިޓީން ކުރަން ނުޖެހޭ ކަންތައްތައް ނުކުރާނެ ކަމަށް އޭނާ މަގާމުގައި ހުންނެވި ދުވަސްވަރު ދަންނަވާފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ޚަޒާނާގެ އިޖުރާއަތްތައް ދިނުމަށް އެދުނު ކަމަށާއި ނަމަވެސް ދޭން ނުޖެހޭނެކަމަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރެއްވިކަން އޭރު އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި އަޒީމާ އާދަމް ވިދާޅުވިކަމަށް ނީޒާ ވިދާޅުވިއެވެ.

ކުރަން ނުޖެހޭ ކަންތައްތައް ނުކުރާނަމޭ ދަންނަވާފައި. އަޅުގަނޑު ހަމަ މި ފުރުސަތުގައި ދަންނަވާލަން ބޭނުން ސަރުކާރުން އެދިވަޑައިގަތީ އަޅުގަނޑުމެންނަށް ޚަޒާނާގެ އިޖުރާއަތްތައް ދިނުމަށް. ގަވަރުނަރު އަޒީމާ އަޅުގަނޑުމެންނާ މަޝްވަރާ ކުރެއްވި. އަޅުގަނޑުމެން ދެންނެވިން ޖެހިވަޑައި ނުގަންނަވާނެ ކަމާއި ޚަޒާނާއަކީ އެމްއެމްއޭގައި ހުރި އެއްޗެއްކޭ. އެކަމަށް އަމަލު ކުރެއްވިކަމަށް ވިދާޅުވި އަޒީމާ.
ނީޒާ އިމާދު

ރާއްޖޭގެ ޚަޒާނާގެ އިޖުރާއަތްތައް ދިނުމަށް ސަރުކާރުގެ ފަރާތުން އެދުނީ ކާކު ކަމާއި އަދި އެއީ ކޮންއިރަކު ކަމެއް ނީޒާ ވިދާޅުނުވި ނަމަވެސް ޚަޒާނާގައި ކަޅު ފައިސާ ދައުރު ވެފައިވާކަމުގެ ތުހުމަތުތައް މީގެ ކުރިން ވަނީ ކުރެވިފައެވެ.

ރާއްޖެއާ ގުޅޭ ގޮތުން އަލްޖަޒީރާއިން ހެދި "ސްޓީލިން ޕެރެޑައިސް" ރިޕޯޓްގައި ބުނެފައިވަނީ މެލޭޝިއާގެ ވިޔަފާރިވެރިއަކާއި އިންޑޮނޭޝިއާ އަދި ސިންގަޕޫރުގެ ވިޔަފާރި ވެރިއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގުޅިގެން 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ނަމުގައި ރާއްޖެއަށް ކަޅު ފައިސާ ވެއްދުމަށްފަހު އެމްއެމްއޭގެ މެދުވެރިކޮށް އެފައިސާ ދޮވުމުގެ ރޭވުންތައް ރާވާފައި ވާކަމަށެވެ.

އަދީބުގެ ތިން ފޯނުގައި ހުރި މެސެޖުތަކާއި އިންޓަވިއުތަކާއި ބައެއް ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެ ޑޮކިއުމެންޓްރީގައިވާ ގޮތުން އެފައިސާތައް އެމްއެމްއޭއަށް އެތެރެކުރަން އުޅުނީ ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެނެސް ސިފައިންގެ ބެލުމުގެ ދަށުން އެމްއެމްއޭއަށް އެތެރެ ކުރުމަށެވެ. އެއަށްފަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި އަމިއްލަ ފަރާތެއްގެ އެކައުންޓަށް އެފައިސާ ލުމަށްފަހު އެކި އަދަދުތަކުން އެފައިސާ ބޭރުކުރުމަށް ރާވާފައިވާ ކަމަށް އެ ޑޮކިއުމެންޓްރީގައި ބުނެއެވެ. އެކަމާއި ގުޅިގެން އަދީބާއި އަޒީމާއާ ދެމެދު ބަދަލުކުރެވުނު ޓެކްސް މެސެޖްތަކެއް ކަމަށް ބުނާ މެސެޖްތަކެއް ވެސް އެ ޑޮކިއުމެންޓްރީގައި ހިމަނާފައި ވެއެވެ.

އެ ޑޮކިއުމެންޓްރީއާއި ގުޅިގެން އެމްއެމްއޭއިން ވަނީ ދައުލަތުގެ ހަޒާނާ އަށް ފައިސާ ވެއްދުމާއި ނެރުމަކީ ވަރަށް ހަރުދަނާ ނިޒާމެއްގެ ދަށުން ހިނގާ ކަމެއް ކަމަށާއިއެ ކަންކަން ކުރިއަށް ދަނީ އެމްއެމްއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި އޮޑިޓަރު ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އިސް ބޭފުޅުންގެ ހާޒިރުގައި ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެ ޑޮކިއުމެންޓްރީގައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގައި ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަށް ހިޔާނާތްތެރިވި ގޮތް ތަފްސީލު ކޮށްދީފައެވެ. އެކަމުގައި އެމްއެމްއޭގެ ބޮޑު އިހުމާލުވާކަމުގެ ތުހުމަތުތައް ކުރެވިފައި ވެއެވެ.

އެކަމާއި ގުޅިގެން އެންޓިކަރަޕްޝަން ކޮމިޝަން(އޭސީސީއިން) ތަހުގީގުކޮށް ނެރުނު ރިޕޯޓުގައިވާ ގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް(އެފްއައިޔޫ) މަނީލޯންޑަރ ކުރާކަން ފާހަގަވީ ނަމަވެސް އެ މައްސަލައިގައި ފިޔަވަޅެއް ނާޅައި ރިޕޯޓް ފައިލް ކުރުމުގެ ކުރިން އެ ރިޕޯޓްގެ ކޮޕީއެއް އޭރުގެ އެފްއައިޔޫގެ ވެރިޔާގެ އަމިއްލަ އީމެއިލް އިން އަޒީމާގެ ރަސްމީ އީމެއިލްއަށް ފޮނުވި ނަމަވެސް އެ ރިޕޯޓާ ގުޅިގެން އަޒީމާ އެއްވެސް އިންސްޓްރަކްޝަނެއް ދެއްވިކަން ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމީ އެފްއައިޔޫގެ އޭރުގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުކަން އޭސީސީ އިން ތަހުގީގު ކޮށް ނެރުނު ރިޕޯޓުގައި ބުނެފައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
7%
3%
0%
69%
0%
21%
ކޮމެންޓް
14 އޯގަސްޓް 2019 | ބުދަ 12:19
އޒމ
ދެން އަޅެ ނުވޭތަ ތިބުނާ ވެރިޔާ ތިޔަ ކޮމެޓީއަށް ގެންނާކަށް. އެއީ އަތްނުލެވޭ ބޭފުޅަކީތަ؟