ހޮނިހިރު 24 އޯގަސްޓު 2019
01 ފުރަ
1440 ޒުލްޙައްޖު 22
ފަތިސް 04:48
އިރުއަރާ 06:00
މެންދުރު 12:12
އަސްރު 15:22
މަޣްރިބް 18:17
އިޝާ 19:30
ރާއްޖެ - ރައީސް ސޯލިހު

ރައީސް އީދު ޗުއްޓީއަށް ލަންކާއަށް

  • ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު
  • މީގެ ކުރިން ވެސް ލަންކާ އަށް ވަޑައިގެންނެވި
  • ރައީސް ފުރާވަޑައިގަންނަވަނީ އީދު ޗުއްޓީއަށް

އަލީ ސަމާޚް
AliSamah8

ކ. މާލެ 14 އޯގަސްޓު 2019 | ބުދަ 09:24 3,137

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު - ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އީދު ޗުއްޓީ އަށް މިއަދު ސްރީލަންކާ އަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސްގެ އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހު އެވެ. ރައީސް ސޯލިހު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ޒިޔާރަތް ކުރައްވާފައެވެ. އެ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ލަންކާ އަށް ޗުއްޓީ އަށް ވަޑައިގަންނަވާއިރު، އަންގާރަ ދުވަހުގެ ރޭ އެމަނިކުފާނު ވަނީ ރާއްޖެއާ ލަންކާ އަށް ދެމެދު ކުޅުން ވޮލީ ބޯޅަ މެޗް ބައްލަވާލައްވާފަ އެވެ.

އެ މެޗަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ޢަބްދުލްކަރީމް (ލޯންގޭ) ކުޅުން ހުއްޓާލުމާއި ގުޅިގެން އޭނާގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ދޭ ޝީލްޑް ރައީސް ސޯލިހު އޭނާއާ ހަވާލުކޮށްދެއްވި އެވެ. އަދި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ބޭނުން ކުރެއްވި ޖާޒީގައި ވެސް އެރަސްމިއްޔާތުގައި ރައީސް ސޮއިކޮށްދެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް