ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 09:00
އައްޑޫ ހިތަދޫގައި އިމާރާތްކޮށްފައި ހުރި ހައުސިން ޔުނިޓްތަކެއް
އައްޑޫ ހިތަދޫގައި އިމާރާތްކޮށްފައި ހުރި ހައުސިން ޔުނިޓްތަކެއް
ހައުސިންގް މިނިސްޓްރީ
އައްޑޫ ސިޓީ
އައްޑޫސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
 
ފަޅުވެފައިވާ ގޯތިތަކުގެ މައްސަލައަށް ހައްލު ހޯދާނެ
 
މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެފަރާތްތަކުގެ ގޯތިތަކުގައި ގެ އެޅުމުގެ ފުރުސަތު ލިބޭނެ

އައްޑޫސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ 20،000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިމަޝްރޫއުއަކީ ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެދޮރު އިމާރާތް ނުކުރެވި ފަޅުވެފައިވާ ގޯތިތަކުގެ މައްސަލައަށް ހައްލެއް ހޯދައި، ގޯތި ލިބިފައިވީނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ގެދޮރުއެޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓްތަށް އެޅުމުގައި ގޯތި ލިބި އެހެންނަމަވެސް މާލީ ތަނަވަސްކަން ނެތުމުން ގެދޮރު ނޭޅިފައިވާ ފަރާތްތަކާއި އަލަށް ގޯތި ދޫކުރެވޭ ފަރާތްތަކަށް މިމަޝްރޫއުގެ ދަށުން އެގޯތިތަކުގައި ގެ އެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން ހިތަދޫގައި 712، މަރަދޫގައި 164، މަރަދޫފޭދޫގައި 81، ފޭދޫގައި 247، ހުޅުދޫގައި 165 އަދި މީދޫގައި 131 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ