ކ. މާލެ
|
13 އޯގަސްޓް 2019 | އަންގާރަ 19:12
5 ރަށަކަށް ޖަނަރޭޓަރު ސެޓުތައް ފޮނުވުމަށް ދޯންޏަށް ލޯޑްކޮށްފައި
5 ރަށަކަށް ޖަނަރޭޓަރު ސެޓުތައް ފޮނުވުމަށް ދޯންޏަށް ލޯޑްކޮށްފައި
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ދެކުނު 5 ރަށަކަށް ޖަނަރޭޓަރު ސެޓުތައް ފޮނުވައިފި
 
އައު ޖަނަރޭޓަރ ސެޓްތައް ފޮނުވާފައިވަނީ ލ. ފޮނަދޫ އަށާއި، ތ. ގުރައިދޫގެ އިތުރުން ގދ. ތިނަދޫ، ގއ. ވިލިނގިލި އަދި ލ. ގަމަށް

ރަށްރަށް ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ދެކުނުގެ 5 ރަށަކަށް ފެނަކައިން ޖަނަރޭޓަރ ސެޓްތައް ފޮނުވައިފި އެވެ.

ފެނަކައިން އައު ޖަނަރޭޓަރ ސެޓްތައް ފޮނުވާފައިވަނީ ލ. ފޮނަދޫ އަށާއި، ތ. ގުރައިދޫގެ އިތުރުން ގދ. ތިނަދޫ، ގއ. ވިލިނގިލި އަދި ލ. ގަމަށެވެ.

އޭގެތެރެއިން ލ. ފޮނަދޫއަށް ފޮނުވާފައިވަނީ 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެކެވެ. ތ. ގުރައިދޫއަށް 800 ކިލޯވޯޓްގެ ޖަނަރޭޓަރ ސެޓެއް ފޮނުވިއިރު، ގދ. ތިނަދޫއަށާއި، ގއ. ވިލިނގިލިއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ފޮނުވާފައިވަނީ 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެކެވެ. އަދި ލ. ގަމު ތުޑީ އަވަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް އެ ރަށަށް ފޮނުވާފައިވަނީ 800 ކިލޯވޯޓްގެ ޖަނަރޭޓަރ ސެޓެކެވެ.

ފެނަކައިން ބުނީ އެ ރަށްރަށް އައު ޖަނަރޭޓަރ ސެޓްތައް ފޮނުވީ މިހާރު ދިމާވަމުން އަންނަ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ކަރަންޓުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ޕްލޭންކުރެވިގެން ރަށްރަށުގެ ކަރަންޓުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކަށް އެ ކުންފުނިން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމާއެކު ފެނަކައިގެ އައު މެނޭޖްމަންޓުން އަންނަނީ ރަށްރަށަށް ދިމާވާ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލުތަކެއް ހޯދައިދެމުންނެވެ. އެގޮތުން ނިމުނު ހަފްތާގެ ތެރޭގައި ލ. ދަނބިދޫގެ 2 ޖަނެރޭޓަރ ސެޓެއްގައި ރޯވެ، އެ ރަށުން އެއްކޮށް ކަރަންޓު ކެނޑުމާއެކު އެ ކުންފުނިން ވަނީ ފަތިސްވުމުގެ ކުރިން ރަށަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
40%
0%
20%
20%
0%
ކޮމެންޓް