ކ. މާލެ
|
13 އޯގަސްޓް 2019 | އަންގާރަ 13:18
ކޮންސްޓެންސް މޫފުށި
ކޮންސްޓެންސް މޫފުށި
ޓްރިޕް އެޑްވައިޒަރ
އެމްއެންޑީއެފް
ސްނޯކްލިންގް އަށް ދިޔަ ފަތުރުވެރި ދެމަފިރިން ގެއްލިގެން ހޯދަނީ
 
އީދު ދުވަހު ވެސް ވިލިމާލެއިން ކެނޯއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދާފައިވޭ، އެމީހުން ފެނުނީ ހުޅުމާލެއިން
 
ކޯސްޓް ގާޑް ގެ ޑައިވަރުންގެ ޓީމެއް ދަނީ ހޯދުމުގެ މަސައްކަތް ކުރަމުން
 
އެމްއާރުސީސީ އަށް ގެއްލިފައިވާ ކަމުގެ ޚަބަރު ލިބިފައިވަނީ މިއަދު 11:19 ހާއިރު

އއ. މޫފުށިން ސްނޯކްލިންގް އަށް ދިޔަ ފަތުރުވެރި ދެމަފިރިއެއް ގެއްލިގެން ހޯދަމުން ދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ދެމަފިރިން ސްނޯކްލިންގް އަށް ފޭބީ މޫފުށީގެ ފަޅުތެރެއަށް ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓް ގާރޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 11:19 ހާއިރު ކަމަށެވެ.

އެ ދެމަފިރިންގެ ޚަބަރެއް ނުވުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓް ގާޑް ސްކުއާޑްރޮން އިން ހަރަކާތްތެރިވަމުންދާ ކަމަށާއި ކޯސްޓް ގާޑް ގެ ޑައިވަރުންގެ ޓީމެއް އެ މީހުން ހޯދުމުގައި އެފްއައިސީ ވެލާނާ ލޯންޗުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް