ކ. މާލެ
|
13 އޯގަސްޓް 2019 | އަންގާރަ 09:31
ޅ.ނައިފަރުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ޅ.ނައިފަރުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
އެމްއެންޑީއެފް
ފެންބޮޑުވުން
ޅ. ނައިފަރުގައި ފެންބޮޑުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
 
ފުވައްމުލަކު ސިޓީގެ 15 ގެއެއްގެ ފުރާޅަށްވެސް ގެއްލުންވެފައިވޭ
 
ލިބުނު ގެއްލުމުގެ ތަފްސީލުތައް އެންޑީއެމްއޭއިން ދަނީ ބަލަމުން
 
އައްޑޫ ސިޓީގެ 24 ގެއަކަށްވެސް ގެއްލުންވެފައިވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ.ނައިފަރުގައި ފެންބޮޑުވެފައިވާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ޅ.ނައިފަރަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދާރން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން ރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދާ ޕަމްޕު ބޭނުންކޮށްގެން މަގުތަކުގައި ހެދިފައިވާ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ޅނނައިފަރުގައި ފެންބޮޑުވެގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަމުންދާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ 24 ގެޔަކާއި ފުވައްމުލަކު ސިޓީގެ 15 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވެސް ބުނެފައިވެއެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރައިގެ އަސަރު ކުރަމުންދާއިރު، ވިއްސާރައިގެ ސަބަބުން ރަށްރަށަށް ލިބުނު ގެއްލުމުގެ ތަފްސީލުތައް ބަލަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު