ކ. މާލެ
|
13 އޯގަސްޓް 2019 | އަންގާރަ 08:47
ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޓީވީ ޕްރެޒެންޓަރ ބެއަރ ގްރިލްސް
ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޓީވީ ޕްރެޒެންޓަރ ބެއަރ ގްރިލްސް
ނަރެންދްރަ މޯދީ
މޯދީ ޗުއްޓީއެއް ނެންގެވީ 18 އަހަރު ފަހުން
 
މި ޗުއްޓީގައި ޑިސްކަވަރީ ޝޯ މޭން ވަރސަސް ވައިލްޑް ޝޯގައި ބައިވެރިވެލެއްވި
 
މިދިޔަ ފަސް އަހަރުވެސް މަސައްކަތް ކުރެއްވީ ތަރައްގީ ގެނައުމަށް
 
މޯދީ ޗުއްޓީއެއް ނެންގެވީ ޑޮކިއުމެންޓްރީއެއްގައި ބައިވެރިވުމަށް

ފާއިތުވި 18 އަހަރުގެ ތެރޭގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗުއްޓީއެއް ނަންގެވި މިއީ ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މޯދީ ޗުއްޓީއެއް ނެންގެވީ، މަޝްހޫރު ޓީވީ ޕްރެޒެންޓަރ އެޑްވާޑް މައިކަލް ގްރިލްސް އަދި އާންމު ނަމުން ނަމަ ބެއަރ ގްރިލްސް ގެ ކާމިޔާބު ޑިސްކަވަރީ ޝޯ މޭން ވަރސަސް ވައިލްޑްގެ އެޕިސޯޑަކަށް ބޭނުންވާ ޑޮކިއުމެންޓްރީއެއް ތައްޔާރު ކުރުމަށެވެ.

އެ ޕްރޮގްރާމަށް ބޭނުންވާ ޑޮކިއުމެންޓްރީގެ ވީޑިއޯތައް ނަގާފައިވަނީ އުއްތަރަކަންދްގައި ހުންނަ ހިމް ކޯރބެޓް ނެޝަނަލް ޕާކްގައި ފެބްރުއަރީ މަހުއެވެ.

ބެއަރ ގްރިލްސްއާ މުހާތަބުކުރައްވަމުން މޯދީ ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުވެސް މަސައްކަތް ކުރެއްވީ އެއްވެސް ޗުއްޓީއެއް ނުނަންގަވާ، ތަރައްގީ ގެނައުމަށްޓަކައި ކަމަށެވެ.

ވޭތިވެ ދިޔަ ފަސް އަހަރު އަހަރެން ހޭދަކުރީ ތަރައްގީގެ މަސައްކަތުގައި، އަދި އެކަމާއި ވަރަށް އުފާވޭ. މިއީ ޗުއްޓީއެއް ކަމަށް ދެކެވޭނަމަ މިވީ 18 އަހަރުގެ ތެރޭގައި އަހަރެން ޗުއްޓީއެއް ނެގި މިއީ ފުރަތަމަ ފަހަރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

ދުނިޔޭގެ ވެރިކަން ކޮށްފައިވާ އަދި ކުރަމުންދާ ބޭފުޅުންގެ ތެރެއިން މޭން ވަރސަސް ވައިލްޑްގައި ފެނިގެންދިޔަ ދެވަނަ ވެރިއަކަށް ވެގެން ގޮސްފައި މިވަނީވެސް ބޮޑުވަޒީރު މޯދީއެވެ. ފުރަތަމަ ފަހަރަށް އެ ޝޯގައި ފެނިގެންދިޔައީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއެވެ.

މޯދީ ވަނީ މިކަމާ ގުޅިގެން ޓްވީޓެއްވެސް ކުރައްވާފައެވެ. ތިމާވެއްޓާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިންޑިއާގެ ފެހި ޖަންގަލިތަކަށްވުރެ ވަކި ރަނގަޅުތަނެއް ކޮބާތޯ ސުވާލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
11%
67%
0%
11%
11%
0%
ކޮމެންޓް