ކ. މާލެ
|
12 އޯގަސްޓް 2019 | ހޯމަ 17:27
ފިލްމް ޑްރީމް ގާލްގެ ޕޯސްޓަރ
ފިލްމް ޑްރީމް ގާލްގެ ޕޯސްޓަރ
ޓައިމްސް އޮފް އިންޑިއާ
ޑްރީމް ގާލް
ޑްރީމް ގާލް ފިލްމްގެ ޓްރެއިލަރ އާންމުކޮށްފި
 
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު

ޑްރީމް ގާލް ފިލްމްގެ ޓްރެއިލަރ އާންމުކޮށްފިއެވެ.

ރާޖް ޝާންދިލްޔާ ޑައިރެކްޓު ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި ފިލްމުގެ ކާސްޓުންނަކީ މިހާރު ފިލްމީ ދުނިޔެގައި ފިޔަޖަހަމުން އަންނަ ތަރިންތަކެކެވެ. އެގޮތުން ފިލްމްގައި އަޔުޝްމަން ކުރާނާ، ނުޝްރަތް ބަރޫޗާގެ އިތުރުން ވެސް އެތައް ހުނަރުވެރި ފަންނާނުންނެއް ފެނިގެންދާނެއެވެ.

މި ފިލްމުގެ ލީޑްރޯލް އިން ފެނިގެންދާ އަޔުޝްމަން ކުރާނާ ވަނީ މިދިޔަ އަހަރު ފެނިގެންދިޔަ އަންދާދޫން އިން ބެލުންތެރިން އާޝޯހް ކޮށްލާ ފަދަ ތަފާތު އެކްޓިން އެއް ދައްކާ ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައެވެ. މި ފިލްމަކީ ކޮމެޑީ ލޯބީގެ ތަފާތު ރަހަތަކެއް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމުގައި އަޔުޝްމާން މަސައްކަތް ކުރަނީ އެކި ގޮތްގޮތުން ލޯބި ހާސިލް ކުރުމަށެވެ.

ފިލްމުގައި އޭނާ އަދާކުރާ ރޯލާއި ބެހޭ ގޮތުން އާޔޫޝްމަން ބުނީ، ފިލްމުގައި އޭނާ ފެނިގެން ދާނީ މަޖާ އަދި ތަފާތު ރޯލަކުން ކަމަށެވެ.

ފިލްމު ޕޯސްޓަރުތައް މިދިޔަ އަހަރު ދައްކާލާފައިވާއިރު އެޕޯސްޓަރުތަކުން އަޔުޝްމަން ފެނިގެންދަނީ ސާޅި އަޅާފައި ހުރި މަންޒަރެވެ. ފިލްމު ވަރަށް ތަފާތު ވާނެ ކަމަށް ފިލްމު އުފެއްދުންތެރިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް