ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 18:14
ހައްޖުވެރިން ޖަމްރާއަށް ހިލަ އުކަނީ
ހައްޖުވެރިން ޖަމްރާއަށް ހިލަ އުކަނީ
ހައްޖުގެ އަޅުކަން
ދެ މިލިއަނަށްވުރެ ގިނަ ހައްޖާޖީން މިއަހަރު ހައްޖުގެ އަޅުކަން އަދަކޮށްފައިވޭ
 
ސައުދީން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވަނީ 634،379 މީހުން
 
ސައުދި އަރަބިއާއިން ބޭރުން އައިސްފައިވަނީ 1،855،027 ހައްޖާޖީން
 
މުޅިއެކު 2،489،406 ހައްޖާޖީން ބައިވެރިވެފައިވޭ

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދެ މިިލިއަން ހައްޖާޖީން ބައިވެރިވެފައިވާކަމަށް ޖެނެރަލް އޮތޮރިޓީ އޮފް ސްޓެޓިސްޓިކްސް (ގެސްޓެޓް) އިން ބުނެފިއެވެ.

ސައުދީ ގެޒެޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި މުޅިއެކު 2،489،406 (ދެ މިލިއަން ހަތަރުލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ ހައެއް) ހައްޖާޖީން ބައިވެރިވެފައިވާ ކަމަށް ގެސްޓެޓްގެ، އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

އޭގެ ތެރެއިން ސައުދި އަރަބިއާއިން ބޭރުން އައިސްފައިވަނީ 1،855،027 (އެއް މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ހަތާވީސް) ހައްޖާޖީން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ސައުދީން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވަނީ 634،379 (ހަލައްކަ ތިރީސް ހަތަރު ހާސް ތިންސަތޭކަ ހަތްދިހަ ނުވަ) މީހުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1،385،234 ( އެއްމިލިއަން ތިންލައްކަ އަށްޑިހަ ފަސްހާސް ދުއިސައްތަ ތިރީސް ހަތަރެއް) ފިރިހެނުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވެއެވެ. އަދި ހައްޖުގެ އަޅުކަމުގައި ބައިވެރިވި އަންހެނުންގެ އަދަދަކީ 1،104،172 ( އެއް މިލިއަން އެއްލައްކަ ހަތަރުހާސް އެއްސަތޭކަ ބާރަ) އެވެ. އެގޮތުން، 2018 އަހަރާއި އަޅާބަލާއިރު 117،731 (އެއްލައްކަ ސަތާރަ ހާސް ހަތްސަތޭކަ ތިރީސް އެކެއް) އިތުރު އަންހެނުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.

2018 ވަނަ އަހަރު ހައްޖުވި އަންހެނުންގެ އަދަދަކީ 2،371،675 (ދެ މިލިއަން ތިންލައްކަ ހަތްދިހަ އެއްހާސް ހަސަތޭކަ ހަތްދިހަ ފަސް) މީހުންނެވެ. އަދި ނިސްބަތުން ބަލާއިރު މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުން ބައިވެރިވެފައވާކަން ފާހަގަކޮށްލެވެއެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަން ދަނީ ވަރަށް އަމާން އޮމާންކޮށެވެ. އަދި ހައްޖާޖީން އެކަކު އަނެކެއްގެ ގައިގައި ޖެހި ފިއްތުންތައް ކުރިމަތިވުން ފަދަ ކަންކަން ކުރިމަތިވެދާނީ ހައްޖާޖީންގެ ސަފުތައް ވަރަށް ރަނގަޅަށް ބެލެހެއްޓިގެންދިޔަ ކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.

ހައްޖުވުމަށް މައްކާއަށްދާ ފަރާތްތަކަށް އެހީވެދިނުމުގައި، ފާއިތުވި 10 އަހަރު މެދުނުކެނޑި ހަރަކާތްތެރިވަމުންދާ ޖިއްދާގެ ޑިޕާޓްމެންޓް އޮފް އެޑިއުކޭޝަންގެ ސްކައުޓް ކުދިން މިއަހަރުވެސް ހައްޖާޖީންނަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތެރިވާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް