ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 15:37
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް
ރާއްޖެއެމްވީ
އެއާރޕޯޓް ޑިވެލޮޕްމަންޓް ފީ
އެއާރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިއްޖެ
 
މި ފީ ނަގާ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރު

މި އަހަރުގެ ދެވަނަ ކުއާޓަރގައި އެއާރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކައިފިއެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ 2017 ވަނަ އަހަރުގެ މެއި އެއްވަނަ ދުވަހުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާރޕޯޓް ސަރވިސް ޗާޖްގެ އިތުރުން ނަގާ ފީއެކެވެ.

މި ފީ ނަގާ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީ އިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން އެއާރޕޯޓު ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ފީތައް މީރާއަށް ޖަމާކުރަން ފަށާފައިވަނީ އެ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
50%
0%
50%
ކޮމެންޓް
18 އޯގަސްޓް 2019 | އާދީއްތަ 19:10
ގެއްލިއްޖެ
އެއާރޕޯޓް ޑިވެލޮޕް ކުރޭތަ އެފައިސާއިން؟