ކ. މާލެ
|
8 މާރޗް 2017 | ބުދަ 16:58
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލިސް
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލިސް
ގޫގުލް
ފިލިޕީންސް
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
 
ބިލް ގާނޫނަކަށް ވާނީ ސެނޭޓުން ގޮތެއް ނިންމައި ރައީސް ތަސްދީގުކުރެއްވުމުން

ފިލިޕީންސްގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރަން އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކޮށްފިއެވެ.

ގާނޫނު ހަދާ މަޖިލީހުން މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމީ ސީރިއަސް، މަސްތުވާތަކެއްޗާ ބެހޭ ކުށްތަކަށެވެ. މަރުގެ ހުކުމް އިއްވާ މީހުންގެ ހުކުމް ތަންފީޒު ކުރުމަށާއި އަދި ކުށުގެ ބާވަތުން އުމުރަށް ޖަލަށްލުމުގެ ހުކުމް އިއްވުމަށް މަގުފަހިވާ ގޮތަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ސަރުކާރުން ހުށަހެޅި ބިލާ މެދު ތިން ފަހަރެއްގެ މަތިން ބަހުސްކުރުމަށް ފަހު ބިލަށް ވޯޓަށް އެހުމުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 216 މެމްބަރަކު ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވައިފައި ވެއެވެ. އަދި ބިލު ފާސްކުރަން ނުފެންނަ ކަމަށް 54 މެމްބަރަކު ވޯޓު ދެއްވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ އެންމެ މެމްބަރެކެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ބޮޑު އަގުލަބިއްޔަތަކުން ބިލު ފާސްކުރުމުން އަދި ގާނޫނަކަށް ވެގެން ނުދާނެއެވެ. ފާސްކުރި ބިލް ދެން ހުށަހެޅޭނީ ސެނޭޓްގެ ބަހުސަށެވެ. ބިލް ގާނޫނަކަށްވާނީ ރައީސް ޑުޓަރޓޭ ތަސްދީގު ކުރެއްވުމުންނެވެ.

ރައީސް ޑުޓާޓޭ މީގެ އަށް މަހެއްހާ ދުވަސް ކުރިން ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ލާއިންސާނީ ގޮތެއްގައި އެތައް ބަޔަކު މަރަމުންދާ ކަމުގެ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް