ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 15:06
މިލިއަނަރު ޖެފްރީ އެޕްސްޓެއިން
މިލިއަނަރު ޖެފްރީ އެޕްސްޓެއިން
ޖެފްރީ އެޕްސްޓެންގެ މަރު
މިލިއަނަރު ޖެފްރީ އެޕްސްޓެއިން މަރުވެފައި އޮއްވާ ފެނިއްޖެ
 
މަރުވިއިރުއެޕްސްޓެންގެ އުމުރުން 66 އަހަރު
 
އޭނާ އަމިއްލައަށް މަރުވެފައިވާކަން އެ ޖަލުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ
 
އެޕްސްޓެން ދިޔައީ ހަށި ވިއްކުމަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ހުކުމެއް ތަންފީޒު ކުރަމުން

އެމެރިކާގެ މަޝްހޫރު މިލިއަނަރު ޖެފްރީ އެޕްސްޓެއިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޖެފްރީ މަރުވެފައި އޮއްވާ ފެނިފައިވަނީ ހަށި ވިއްކުމަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ޖަލުގައި އޮއްވައެވެ.

އެޕްސްޓެއިން މަރުވެފައި އޮއްވާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި ރިޕޯޓުތައް ދައްކާގޮތުން، އޭނާ އަމިއްލައަށް މަރުވެފައިވާކަން އެ ޖަލުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދަނީ އެޕްސްޓެއިންގެ މަރު އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މަރުވިއިރު އުމުރުން 66 އަހަރުގެ އެޕްސްޓެއިން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެޕްސްޓެއިންގެ މަރާއިމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އޭނާ މަރުވެފައިވަނީ ވަރަށް "ފަސޭހަ" އިން ކަމަށް ނިއު ޔޯކްގެ މޭޔަރ ބިލް ޑި ބްލޭސިއޯ ވިދާޅުވެފައިވެއެވެ.

އެޕްސްޓެއިން ވަނީ ޖޫން މަހުވެސް އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. އޭރު އޭނާގެ އެ މަސައްކަތް ފެއިލްވެ، ޖަލުގައި ހޭނެތިފައި އޮއްވާ ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
40%
20%
13%
7%
10%
10%
ކޮމެންޓް
13 އޯގަސްޓް 2019 | އަންގާރަ 19:26
ަޗާލެ
ވ ސަޅި