ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 09:09
ވަރުން ދަވަން އާއި ނަތާޝާ ދަލާލް
ވަރުން ދަވަން އާއި ނަތާޝާ ދަލާލް
ގޫގުލް
ބޮލީވުޑް
ވަރުން އާއި ނަތާޝާ އެންގޭޖްކުރިކަން އިނގޭތަ؟
 
މި ދެލޯބިވެރިން އެންގޭޖް ކޮށްފައިވަނީ މިދިޔަ އަހަރު

ބޮލީވުޑް އެކްޓަރ ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް ސިއްރުން އެންގޭޖް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވަރުން އާއި ނަތާޝާ ރައްޓެހިވެގެން އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ރިޕޯޓްތައް ބުނާގޮތުން މި ދެލޯބިވެރިން އެންގޭޖް ކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

ގާތް މަސްދަރަކާއި ހަވާލާދީ "ޓައިމްސް އޮފް އިންޑިއާ" ގައި ރިޕޯޓްކޮށްފައިވާ ގޮތުން ވަރުން އާއި ނަތާޝާގެ އެންގޭޖްމަންޓް ހަފްލާގައި ބައިވެރި ވެފައިވަނީ ދެފަރާތުގެ އާއިލާއެކަންޏެވެ. އަދި މިދެމީހުންގެ ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވޭނެ ކަމަށް މަސްދަރުން ވަނީ ބުނެފައެވެ.

މީގެ ކުރިން ރިޕޯޓްތައް ބުނެފައިވާ ގޮތުން މި ޖޯޑު ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރުގައެވެ. ކައިވެންޏަށް ތައްޔާރު ވުމަށް ޓަކައި ވަރުންގެ އަންނަން އޮތް ފިލްމް " ސްޓްރީޓް ޑާންސަރ 3ޑީ" އަންނަ އަހަރަށް ލަސްކޮށްދިނުމަށް ފިލްމްގެ ޑައިރެކްޓަރ ރީމޯ ޑިސޫޒާ ކައިރިން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަރުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކަލަންކް" އިންނެވެ. 150 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ހަދާފައިވާ މި ފިލްމް ވެގެން ގޮސްފައިވަނީ ވަރުންގެ 11 އަހަރުގެ ފިލްމް ކެރިއަރ ގައި ފްލޮޕް ވި ފުރަތަމަ ފިލްމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
33%
0%
67%
ކޮމެންޓް