ކ. މާލެ
|
10 އޯގަސްޓް 2019 | ހޮނިހިރު 12:24
ކުޅުދުއްފުށި އެއަރޕޯޓު
ކުޅުދުއްފުށި އެއަރޕޯޓު
ކޯޕަރޭޓް މޯލްޑިވްސް
ހދ. ކުޅުދުއްފުށި އެއަރޕޯޓް
ކުޅުދުއްފުށި އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފި
 
1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެއް

ހދ. ކުޅުދުއްފުށި އެއަރޕޯޓަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.

ހުކުރު ދުވަހު ޝެޑިއުލް ފްލައިޓްތައް ރަސްމީކޮށް ފަށާފައިވާއިރު ކުޅުދުއްފުށީ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އެކަން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރެވެ.

މޯލްޑިވިއަނުން ކުޅުދުއްފުށީ އެއަރޕޯޓަށް ދަތުރު ކުރުމަށް އަދި ޝެޑިއުލް ކޮށްފައިވަނީ ދުވާލަކަށް އެއް ދަތުރެވެ. ޓިކެޓް ވިއްކަން ޢާއްމުކޮށް ހުޅުވައިލުމާއެކު މިމަހުގެ 17 އާއި ހަމަޔަށް ދަތުރުތައް ވަނީ ފުލް ވެފައިވާއިރު ޓިކެޓެއްގެ އަގަކީ އެއްކޮޅަށް އެއްހާސް އެއްސަތޭކަ ތޭރަ ރުފިޔާއެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ދެ ދުވަހަށް ވެފައިވަނިކޮށް ކުޅުދުއްފުށީގެ އެއާރޕޯޓް ނުނިމެނީސް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސި ނަމަވެސް އާންމު ދަތުރުތައް ނުފެށި ގިނަ ދުވަސް ވެފައިވަނީ ޓާރމިނަލްގެ މަސައްކަތް ނުނިމުމުގެ ސަބަބުންނެވެ.

ކުޅުދުއްފުށިން ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް