ކ. މާލެ
|
10 އޯގަސްޓް 2019 | ހޮނިހިރު 12:24
އެއިމްސް ހޮސްޕިޓަލުގައި އަރުން ޖެއިޓްލީ އެޑްމިޓް ކޮށްފައިވަނީ ހުކުރު ދުވަހު
އެއިމްސް ހޮސްޕިޓަލުގައި އަރުން ޖެއިޓްލީ އެޑްމިޓް ކޮށްފައިވަނީ ހުކުރު ދުވަހު
ދި ހިންދޫ
އަރުން ޖެއިޓްލީ
އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރަށް އައިސީޔޫގައި ފަރުވާ ދެނީ، ހާލު ރަނގަޅު
 
ހާލު ބައްލަވާލަން މޯދީ ވަނީ ޒިޔާރަތް ކުރައްވާފައި
 
މޭ މަހުވެސް ފަރުވާ ހޯއްދެވި
 
އެޑްމިޓް ކުރީ އެއިމްސް ހޮސްޕިޓަލުގައި

ނޭވަލުމަށް ދަތިތަކެއް ދިމާވެގެން އިންޑިއާގެ ވެރިރަށް ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓްސް އޮފް މެޑިކަލް ސައިންސް (އެއިމްސް) ގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ފަރުވާ ދެމުންދާ އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެއިމްސްގެ ކާޑިއޯ ނިއުރޯ ސެންޓަރުގައި އުމުރުން 66 އަހަރުގެ ޖެއިޓްލީ އަށް ފަރުވާދޭން ފަށާފައިވަނީ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. މި އަހަރުގެ މޭ މަހު ވެސް އޭނާ ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައެވެ.

ހުކުރު ދުވަހު އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އޭނާ ''ހިމޯޑައިނެމިކަލީ'' ސްޓޭބަލް ކަމަށެވެ. ހިމޯޑައިނެމިކަލީ ސްޓޭބަލްގެ މާނައަކީ އޭނާ ހިތުގެ ހިނގުމާއި، ލޭ ދައުރުވުން ރަނގަޅުވުމެވެ. ޖައިޓްލީ އަށް ފަރުވާދޭން ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވެއެވެ.

ވެރިކަން ކުރާ ބާރްތިޔާ ޖަނާތަ ޕާޓީ (ބީޖޭޕީ) އަށް ނިސްބަށްވެ ވަޑައިގަންނަވާ ޖައިޓްލީގެ ހާލު ބެއްލެވުމަށް ބޮޑު ވަޒީރު މޯދީ ވަނީ ހުކުރު ދުވަހުގެރޭ އެއިއެމްއެސް އަށް ޒިޔާރަތް ކުރައްވާފައެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޖައިޓްލީ އަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ދައުރުގައި ކެބިނެޓްގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މި އަހަރު ބޭއްވި ލޮކް ސަބާގެ އިންތިހާބުގައ ވާދަނުކުރެވީ އޭނާގެ ބަލިހާލަތު ތަން ނުދޭތީއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް