ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 18:25
ތޫފާނުގެ ސަބަބުން ޔެންގްޒް ކޯރުގެ ފެންގަނޑު އުފުލި ފެންބޮޑުވުން އެކަށީގެންވޭ
ތޫފާނުގެ ސަބަބުން ޔެންގްޒް ކޯރުގެ ފެންގަނޑު އުފުލި ފެންބޮޑުވުން އެކަށީގެންވޭ
ތޫފާން ލެކީމާ
ތޫފާން ލެކީމާގެ ބިރާއެކު ޗައިނާއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި
 
ޗައިނާގެ ހަތް ޕްރޮވިނަސަކަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފަ
 
ޒެއިޖަންގ ޕްރޮވިނަސަށް ވަނީ ރެޑް އެލާޓް ނެރެފަ
 
ލެކީމާގެ ސަބަބުން ބޯކޮށް ވާރޭވެހި 209 ކިލޯމީޓަރަށް ވައިގަދަ ވެފައިވޭ

ތޫފާން ލެކީމާގެ ބިރާއެކު ޗައިނާގެ ގިނަ ޕްރޮވިންސްތަކުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ތައްޔާރީތަށް ފަށައިފިއެވެ.

ޖަޕާނުގެ ދެކުނުން ޗައިނާގެ ހުޅަނގު އުތުރަށް ދަތުރުކުރަމުންދާ ތޫފާން ލެކީމާގެ ސަބަބުން ބޯކޮށް ވާރޭވެހި 209 ކިލޯމީޓަރަށް ވައިގަދަ ވެފައިވާ ކަމަށް ދުނިޔޭގެ މޫސުމާއި ބެހޭ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

6.2 މިލިއަން މީހުން ދިރިއުޅެމުންދާ ޒެޖިއާންގ ޕްރޮވިންސް އާއި 26.3 މިލިއަން މީހުން ދިރިއުޅެމުންދާ ޝަންގާއީ އަށް ވަނީ ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހިފައެވެ.

ކަމާބެހޭ މާހިރުން ގަބޫލު ކުރާ ގޮތުގައި މި ތޫފާނުގެ ސަބަބުން ޔެންގްޒް ކޯރުގެ ފެންގަނޑު އުފުލި ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވުން އެކަށީގެންވެއެވެ.

މީގެ އިތުރުން، ޗައިނާގެ މޫސުމާއި ބެހޭ އިދާރާއިން މިހާރު ވަނީ ޒެއިޖަންގ ޕްރޮވިނަސަށް ރެޑް އެލާޓް ނެރެފައެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް ވަނީ ރައްކާތެރި ހިސާބުތަކަށް ދިއުމަށް މަޖުބޫރުވެފައެވެ. އެގޮތުން، ޓްރެއިންތަކުގެ ދަތުރުތަކާއި ކަނޑު އުޅަނދުފަހަރުގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލާފައެވެ.

ޗައިނާގެ ހަތް ޕްރޮވިނަސަކަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
67%
0%
33%
0%
ކޮމެންޓް