އާދީއްތަ 23 ފެބުރުއަރީ 2020
ހިޔަވިހާ 10
1441 ޖުމާދުލް އާހިރަތު 29
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34
ރިޕޯޓު - އީދު އުފާ

އީދު ޗުއްޓީއަށް ރަށަށް ނުދެވޭ ކުދިން ކޮބާ؟

  • މާލެސިޓީގައި އީދު ވައިނުވާނެ
  • ވިލިމާލެއާ ހުޅުވާލޭގައި ގިނަ ހަރަކާތްތަކެއް

އަމްނާ އިމާދު
amnabinthimad

ކ. މާލެ 9 އޯގަސްޓު 2019 | ހުކުރު 11:42 16,967

އީދު ފާހަގަކުރަނީ - މިހާރު

އޭ.. ކޮންތާކަށް ދަނީ؟ ކޮން ދިމާލަކަށް؟ މާލޭގައި ހާދަ ވައިވާނެދޯ؟ ސަލާމް ބުނެފަ ހިނގާދާން؟ މަޖަލުގައި އުޅެފައި އައިމައެއްނު ފިޔަވަޅު އެޅިއަސްއަޅާނީ. މިފަދަ އެތައް ސުވާލުތަކަށް ޖަވާބު ދެވުނީ ކިތައްފަހަރު ކަން ބުނަން ވެސް ނޭނގެއެވެ. މިއީ އާއިލާއިންނާއި، ރައްޓެހިންނާއި، އޮފީހުގެ ތެރެއިން ވެސް އަޑު އިވޭ ކުރިމަތިކުރުވާ ސުވާލުތަކެވެ. މިވަރުން އަދި ނުފުދެއެވެ. ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓަރ، ވަޓްސްއަޕް، އަދި ވައިބާގައި މިވާހަކަތަކާއި ފޮޓޯތަކެވެ. މައި ޑޭ އާއި، އިންސްޓަގްރާމް ސްޓޯރީތަކުގައި ވެސް މިއެެވެ. އީދު ޗުއްޓީގެ ކުޅިމަޖަލުގައި ބައިވެރިވުމަށް އާއިލާގެ ގިނަ މީހުންނާއި ދަންނަ ގިނަ މިތުރުންތައް ފުރައިގެން ދަނީއެވެ.

އީދު މަޖަލަށް ރަށަށްދާ މިތުރުންގެ މިފޮޓޯތަކާއި ވާހަކަތައް އަޑުއިވުމުން ރަށަށް ދިއުމަށް ކެތްމަދުވެއެވެ. އަޟްހާ އީދަށް ޚާއްސަކޮށް ހަދާފައި ހުންނަ މީރު ކާއެއްޗެހިތައް ފެނުމުން ކުޅު ދިޔާވެ ކާހިތްވެއެވެ. ނަމަވެސް އަހަރު ދުވަސް ކުރިން ޕްލޭން ކުރި ނަމަވެސް އީދު ޗުއްޓީއަށް އެކި ސަބަބުތަކާހުރެ އެއްވެސްތާކަށް ނުދެވޭ އެތައް ބަޔަކު އެބަތިއްބެއެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ މިފަހަރު މާލެސިޓީގައި އީދު ވައިނުވާނެއެވެ.

އަޟްހާ އީދަށް ޚާއްސަކޮށް މުޅި މާލެ ސިޓީ އޮތީ ތައްޔާރަށެވެ. ވިލިމާލެއާއި، ހުޅުމާލޭގައި ކުޅިވަރުތަކެވެ. ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކެވެ. ސްޓޭޖް ޝޯވތަކެވެ.ޑިއުޓީއަށް އަންނަ ޖެހުނަސް އީދުގެ އުފަލުގައި މިފަހަރު ބައިވެރިވޭނެއެވެ.

އީދުގެ ހަރަކާތްތަކާ ބެހޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފް ވިދާޅުވީ ވިލިމާލެއާއި ހުޅުމާލޭގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އީދު ދުވަހުގެ ހަވީރު މާލޭގައި ވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން ރަސްފަންނުގައި ''ލިބާސް މޫވްމެންޓް'' ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށްދާއިރު އެދުވަހުގެ ހަވީރު ފައިމަގުގައި ހިނގާ ދުވަހަކަށް ހެދުމުން ވެސް އިތުރު މިނިވަންކަމެއް އާންމުންނަށް ލިބޭނެ ކަމަށް ސަމާއު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގައި އީދު ހުޅުޖެހުން، އީދު ސައި، ކޯޑި ހެދުން، މާލި ޕެރޭޑް، ބޮޑުމަސް ބޭނުން، އީދު ކުޅިވަރު، އަލް ހިޖްރާ/އައިނީ އީދު ސްމައިލްސް، އީދު ޝޯވ އޮންނާނެވެ. އަދި ވިލިމާލޭގައި ވެސް ފެންކުޅި، ބީޗް ކުޅިވަރު، މެޖިކްޝޯ، މިއުޒިކްޝޯ، މާލި ޕެރޭޑް، ބޮޑުމަސް ނެރުން މިމަހުގެ 10 އިން 13 އަށް އޮންނާނެއެވެ.

ޝަމާއު ވިދާޅުވީ އީދު ޗުއްޓީއަށް މާލެއިން ފުރައިގެން އަތޮޅު ތެރޭގެ ރަކަށް ނުދެވުނަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއީދު ފޫހިނުވާނެ ކަމަށެވެ. އަދި އީދު ހަރަކާތެއް ބާއްވަން ބޭނުންވާ ކޮންމެ ޖަމިއްޔާއަކަށް ވެސް ސިޓީ ކައުންސިލްގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީދުގެ މަޖަލުގެ ހަރަކާތްތަކުގައި އަތޮޅުތެރޭގެ ރަށްތަކަށް ވެސް މާލެ ދޫނުކުރެއެވެ. ދެން ހަމައެކަނި މިސްވާނީ ރަށުގައި އީދަށް ހަދާ ކާއެއްޗިއްސެވެ. ނަމަވެސް އުންމީދު ކުރަނީ ރަށަށްދާ ކުދިން އީދު ޗުއްޓީ ނިންމާ އަނބުރާ މާލެ އަންނައިރު ކުޅިކާޖާ، ހާލުފޮޅި، މަސްތޫރި، މަދުގުޅަ އެއްޗެހީގެ ދަޅުތަކާއި ޑަބިޔާތައް ގެނެސްދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް