ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 00:49
އިންޑިއާގެ ކުރީގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
އިންޑިއާގެ ކުރީގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް އޮފީސް
ސުޝްމާ އަވަހާރަވުން
އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ އަވަހާރަވެއްޖެ
 
އަވަހާރަވެފައިވަނީ 67 އަހަރުފުޅުގަ
 
އަވަހާރަވެފައިވަނީ ހާޓް އެޓޭކެއް ޖެހިވަޑައިގެން
 
އޭނާ އަވަހާރަވެފައިވަނީ އަންގާރަ ދުވަހުގެރޭ

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވެފައިވަނީ އަންގާރަ ދުވަހުގެރޭ، ހާޓް އެޓޭކެއް ޖެހިވަޑައިގެން، ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް) ގައި ފަރުވާ ހޯއްދަވަނިކޮށް އުމުރުފުޅުން 67 އަހަރުފުޅުގައެވެ.

ސުޝްމާއަކީ އިންޑިއާގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ހާރިޖީ ވަޒީރުކަން ކުރެއްވީ ސުޝްމާއެވެ.

އޭގެއިތުރުން، 1977 ވަނަ އަހަރުގައި ކެބިނެޓު މިނިސްޓަރަކަށް ހޮވިވަޑައިގެންނެވިއިރު އެކަމަނާގެ އުމުރުން 25 އަހަރެވެ. ސުޝްމާއަކީ އިންޑިއާގެ ރައްޔިތުންނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދިމާވާ ކޮންސިއުލާ މައްސަލަތަކަށް އެހީތެރިވެދިނުމަށް ހުށިޔާރުކަމާއެކު މަސައްކަތްކުރެއްވި ބޭކަނބަލެކެވެ.

ސުޝްމާ އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ އެކަމުގެ ހިތާމަ ފާޅުކުރައްވާފައެވެ. އެގޮތުން، މޯދީ ވިދާޅުވެފައިވަނީ ސުޝްމާ އަވަހާރަވުމަކީ އިންޑިއާގެ ސިޔާސީ ތާރީޚުގެ ވަރަށް ޚާއްސަ ބާބެއްގެ ނިމުން ކަމަށެވެ.

"ސުޝްމާއަކީ އެފަދަ ދެވަނައެއް ނުވާ ބޭފުޅެއް. އަދި އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ ބޭފުޅެއް،"މޯދީ ވިދާޅުވިއެވެ.

ޝުޝްމާގެ ޚާރިޖީ ވަޒީރުކަމުގައި ހުންނެވިއިރު އިންޑިއާއިން އެކި ގައުމުތަކާ އޮތް ގުޅުން ރަނގަޅުކުރުމަށް ވަރަށް އިސް ދައުރެއް އެކަމަނާ އަދާކުރެއްވިއެވެ. އަދި ރާއްޖެއާއިއެކު ގާތް ގުޅުންތަކެއް ބޭއްވުމަށްވެސް ޝުޝްމާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު އެންމެ ހަލަބޮލިވި ވަގުތުތަކުގައިވެސް ރާއްޖެ ވަޑައިގެން ސިޔާސީ މަޝްރަހހު ފިނިކުރުމަށްޓަކައި ޝުޝްމާގެ ވަޒީރުކަމުގައި އެކަމަނާ މަސައްކަތް ކުރައްވާފައިވެއެވެ. އަދި އެކަމަނާ ވަނީ ވަޒީރުކަމުގެ އެންމެފަހު ދުވަސްވަރުގައިވެސް ރާއްޖެއަށް ވަޑައިގެން ދެ ޤައުމުގެ ގުޅުނ ހަރުދަނާކޮށް، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގިނަ އެއްބަސްވުންތަކެއް ޤާއިމްކުރައްވާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް