ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 17:44
ހައިޑްސް އިން މެކްސްކޮމްއާ އެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހައިޑްސް އިން މެކްސްކޮމްއާ އެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ހާއުފާ އީދު
''ހާ އުފާ'' އީދު ޝޯގެ ޓެކްނޮލޮޖީ ޕާޓްނަރަކަށް މެކްސްކޮމް
 
ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތެއް
 
އިންތިޒާމު ކުރަނީ ހައިޑްސް އިން
 
މަޝްހޫރު ގިނަ ފަންނާނުން ތަކެއް ފެނިގެންދާނެ

މި އަހަރުގެ އަޝްހާ އީދުގައި ހއ. ހޯރަފުށީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ''ހާ އުފާ'' އީދު ޝޯގެ ޓެކްނޮލޮޖީ ޕާޓްނަރު މެކްސްކޮމްއާ އެކު ސޮއިކޮށްފި އެވެ.

އަންގާރަ ދުވަހު މެކްސްކޮމް ފިހާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެޝޯ އިންތިޒާމް ކުރާ ހޯރަފުށި ޔޫތް ޑިވޮލޮޕްމެންޓް (ހައިޑްސް) ގެ ފަރާތުން ސޮއިކުރީ އަލީ ވަހީދު އެވެ. މެކްސްކޮމްގެ ފަރާތުން ސޮއި ކުރީ މެކްސްކޮމްގެ ކޯޕަރޭޓް ސޭލްސް އެންޑް ސަޕޯޓިން މެނޭޖަރު މުހުތާރު މުހައްމަދެވެ.

މުހައްމަދު ބުނީ، އެ އެއްބަސްވުމުގެ ދަށުން އެ ޝޯޯ އަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަަމަށެވެ. އެ ސްޕޮންސާ އަކީ އެ ކުންފުނީގެ ސޯޝަލް ސަރވިސް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތެއް ކަމަށެވެ.

އިޖްތިމާއި ގޮތުން ހިންގާ އެފަދަ ގިނަ ހަރަކާތްތަކަށް މެކްސްކޮމް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހައިޑްސް ފަދަ ރަށް ކުރިއަރުވަން މަސައްކަތް ކުރާ ޖަމިއްޔާއަކުން ކުރާ އެފަދަ ހަރަކާތްތަކަށް މެކްސްކޮމްގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މުހުތާރު މުހައްމަދު ވަނީ ދީފަ އެވެ.

އީދުގެ ހަރަކާތްތައް ފުރިހަމަކަމާއި އެކު ގެނެސްދިނުމުގެ ގޮތުން ކައުންސިލުންގެ އިތުރުން ރަށުގެ ޒުވާނުންގެ ބުރަ މަސައްކަތް ހިމެނެއެވެ. ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް އެ ރަށަށް އައުމަށް ހައިޑްސް އިން ވަނީ ދައުވަތު ދީފައެވެ.

'' ހާއުފާ'' އީދުގެ ހަރަކާތްތަކަކީ ހޯރަފުށި ދާއިރާގައި ހިމެނޭ ހޯރަފުށި، ތުރާކުނު، އުލިގަމަށް ހާއްސަ ކޮށްގެން ބާއްވާ ހަރަކާތެކެވެ.

އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންތައް ބައިވެރިވެ ގިނަ ހުށައެޅުންތަކެއް ހުށައަޅާނެ އެވެ. ޝޯ ހުށައަޅައިދެނީ ރާއްޖެ ޓީވީގެ އެޗްއާރް މެނޭޖަރު އަދި ޕްރެޒެންޓަރު ރިފްގާ އަބްދުލްވައްހާބު އާއި މަޝްހޫރު އެކްޓަރު ސީޒަން އަލީ އެވެ.

ހައިޑްސް ޖަމްއިއްޔާ އިން ވަނީ ރަށު ކައުންސިލް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް 33 މީހުންގެ މައްޗަށް ''އީދު ސްޓިއަރިންގ ކޮމިޓީ'' އެއް އެކުލަވައިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
33%
0%
67%
0%
0%
ކޮމެންޓް