ކ. މާލެ
|
8 މާރޗް 2017 | ބުދަ 00:40
ޕާކިސްތާން: އަފްގާނުން ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ވަނީ ހުޅުވާލާފައި
ޕާކިސްތާން: އަފްގާނުން ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ވަނީ ހުޅުވާލާފައި
ގޫގުލް
އަފްޣާނިސްތާން
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
 
ފެބްރުއަރީ މަހު މަގު ބަންދުކުރީ ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 130 މީހުން މަރުވުމުން
 
މަގު ހުޅުވީ މިމަހުގެ 7 ވަނަ ދުވަހަށާއި 8 ވަނަ ދުވަހަށް

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ މައި ދެބޯޑަރު ޕާކިސްތާނުން ވަގުތީ ގޮތުން ހުޅުވާލާފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނެފިއެވެ. މިގޮތައް ހުޅުވާލުމުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާއެކު ދެގައުމަށް ވަދެ ނިކުމެ ހެދޭނެއެވެ.

ޕާކިސްތާނުން، ތޯރ ޚަމްއާއި ޗަމަން ކޮރޮސިންގ ބަންދުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 130 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައި ވާތީއެވެ. އެކަމުގެ ތުހުމަތު ޕާކިސްތާނާއި ހަނގުރާމަވެރި އެހެން ޖަމާއަތްތަކުން ކޮށްފައިވަނީ ތެހްރީކް އެ ތަލިބާން ޖަމާއަތަށެވެ.

އަފްޣާނުންނަށް ސައްޙަ ވިސާގައި ޕާކިސްތާނަށް އައިސް އަނބުރާ ގޮސް ހެދޭނީ މިމަހުގެ 7 އާއި 8 ދެދުވަހު ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އަފްޣާނިސްތާނުގެ އެމްބެސެޑަރ އޮމަރ ޒާޚިލްވާލް ވިދާޅުވީ ވަގުތީގޮތުން ހުޅުވާލާފައިވަނީ ބޭސްފަރުވާއަށާއި ވިޔަފާރީގެ ކަންކަމުގައި ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގިނަބަޔަކު ފައިސާ ނެތި އަދި ވަކި މިސްރާބެއްނެތި ޕާކިސްތާނުގައި އުޅެމުންދާ ކަމަށާއި އެފަދަ މީހުން އަނބުރާ އަފްޣާނިސްތާނަށް ދެވޭނެ ގޮތެއް ނެތިފައިވަނީ އެ ބޯޑަރުގެ ސަބަބުން ކަމަށެވެ.

ޕާކިސްތާނުގެ އޮފިޝަލެއް ކަމުގައިވާ ފައްޔާޒް ޚާން ވިދާޅުވީ ޕާކިސްތާނުގެ ކުދި ގުރޫޕްތަކާއެކު އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށާއި  ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އަލުން ފެށުމަށް ދެ ގައުމުންވެސް ބޭނުންވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް