ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 13:30
. މި ދެ މިސައިލް ވެއްޓިފައިވަނީ ޖަޕާން ކަނޑަށެވެ.
. މި ދެ މިސައިލް ވެއްޓިފައިވަނީ ޖަޕާން ކަނޑަށެވެ.
ބީބީސީ
އުތުރު ކޮރިއާ
އުތުރު ކޮރިއާ އިން އިތުރު ދެ މިސައިލް ލޯންޗްކޮށްފި
 
ދެކުނު ކޮރިއާ އިން ވަނި ފާއިތުވި ހުކުރު ދުވަހު އުތުރު ކޮރިއާ އިން ޓެސްޓް ކުރި މިސައިލަކީ އާވައްތަރެއްގެ މިސައިލެއް ކަމަށް ބުނެފަ
 
އަންގާރަ ދުވަހު އުތުރު ކޮރިއާއިން ލޯންޗް ކުރި މި ދެ މިސައިލަ އާއެކު ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެ ގައުމުން ވަނީ ޖުމްލަ ހަތަރު މިސައިލެއް ލޯންޗް ކޮށްފަ
 
މި ދެ މިސައިލް ލޯންޗް ކޮށްފައިވަނީ އެ ގައުމުގެ ހުވަންހޭ ޕްރޮވިންސް އިން

އިތުރު މިސައިލްތަކެއް ޓެސްޓު ނުކުރުމަށް އިލްތިމާސްކޮށްފައިވަނިކޮށ އުތުރު ކޮރެއާއިން އަނެއްކާވެސް ދެ މިސައިލް ލޯންޗްކޮށްފިއެވެ.

މި ދެ މިސައިލް ލޯންޗް ކޮށްފައިވަނީ އެ ގައުމުގެ ހުވަންހޭ ޕްރޮވިންސް އިންނެވެ. އަންގާރަ ދުވަހު އުތުރު ކޮރިއާއިން ލޯންޗް ކުރި މި ދެ މިސައިލަ އާއެކު ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެ ގައުމުން ވަނީ ޖުމްލަ ހަތަރު މިސައިލެއް ލޯންޗް ކޮށްފައެވެ.

މިކަމާއި ގުޅިގެން އެމެރިކާއިން ބުނީ މި ކަންތައް އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ދެކުނު ކޮރެއާއާއެކު މަޝްވަރާތައް ކުރިއަށް ގެންދާކަމުގައެވެ. އުތުރު ކޮރެއާއިން ވަނީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކާމެދު ނުރުހުން ފާޅުކޮށްފައެވެ.

ދެކުނު ކޮރެއާ އިން ވަނި ފާއިތުވި ހުކުރު ދުވަހު އުތުރު ކޮރެއާ އިން ޓެސްޓް ކުރި މިސައިލަކީ އާވައްތަރެއްގެ މިސައިލެއް ކަމަށް ބުނެފައެވެ. ބާރު ދުވެއްޔެއްގައި ދަތުރު ކުރި މި ދެ މިސައިލް ދަތުރު ކޮށްފައިވަނީ ވަރަށް ތިރިން ގާތް ގަޑަކަށް ގަޑި އިރަކު 220 ކިލޯ މީޓަރުގެ ބާރުމިނުގައި ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ދެ މިސައިލް ވެއްޓިފައިވަނީ ޖަޕާން ކަނޑަށެވެ.

ފާއިތުވި ބުދަ ދުވަހު އުތުރު ކޮރެއާއިން ލޯންޗުކުރި ދެ މިސައިލް ވަނީ 250 ކިލޯމީޓަރަށް ދަތުރުކޮށް ޖަޕާނު ކަނޑަށް ވެއްޓިފައެވެ. އަދި ޖުލައި 25 ވަނަ ދުވަހު އެ ގައުމުން ލޯންޗުކުރި ދެ މިސައިލް ވަނީ 690 ކިލޯ މީޓަރަށް ދަތުރު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް