ކ. މާލެ
|
5 އޯގަސްޓް 2019 | ހޯމަ 19:19
ކަސްމީރު
ކަސްމީރު
ގޫގުލް
އިންޑިއާ
ސަލާމަތީ ގޮތުން ނުރައްކާ އޮތުމުން ކަސްމީރުން ޓުއަރިސްޓުން ނުކުތުމަށް އިންޑިއާއިން އަންގައިފި
 
ކަސްމީރު މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުން ވަނީ ދެ ހަނގުރާމައެއް ކޮށްފައި

ސަލާމަތީ ގޮތުން ނުރައްކާ އޮތް ކަމަށް ބުނެ ކަސްމީރުން ޓުއަރިސްޓުން ނުކުތުމަށް އިންޑިއާއިން އަންގައިފިއެވެ.

އިންޑިއާއިން ބުނީ ހިންދޫއިން އަޅުކަން ކުރަންދާ މަޝްހޫރު އަމާނަތު ފައްޅިއަށް ޓެރަރިސްޓް ހަމަލާއެއްދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ހަމަލާ ދޭން އުޅެނީ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިކަން ޕާކިސްތާނުން ވަނީ ދޮގު ކޮށްފައެވެ.

ކަސްމީރު ސަރުކާރުގެ އޮފިޝަލަކު ބުނީ ހިންދޫންގެ 20،000 ވުރެ ގިނަ މީހުންނާއި ދެ ލައްކަ އަށް ވުރެ ގިނަ މަސައްކަތް ތެރިން އިންޑިއާގެ އިންޒާރާއެކު ކަސްމީރުން ނިކުމެފައިވާކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުން އަންނަނީ އެގައުމުތަކުގެ ފަތުރުވެރިން ކަސްމީރަށް ދަތުރު ނުކުރުމަށް ގޮވައިލަމުންނެވެ. އޭގެ ތެރޭގައި ޖަރުމަން އަދި އިންގްލޭންޑް ހިމެނެއެވެ.

ކަސްމީރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިންޑިއާއިން ވަނީ ކަސްމީރަށް އިތުރު ސިފައިން ފޮނުވައިފައެވެ.

ކަސްމީރުގެ މައްސަލައިގައި އިންޑިއާ އަދި ޕާކިސްތާނުން ވަނީ މީގެ ކުރިން ދެ ހަނގުރާމައެއްވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް