ކ. މާލެ
|
5 އޯގަސްޓް 2019 | ހޯމަ 09:44
ދިޕިކާ ޕަދުކޯންގެ ވޯގް މެގަޒިންގެ ކަވަރ ފޮޓޯ
ދިޕިކާ ޕަދުކޯންގެ ވޯގް މެގަޒިންގެ ކަވަރ ފޮޓޯ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ދިޕިކާ މޭކަޕް ނުކޮށް މެގަޒިންއެއްގެ ކަވަރ ފޮޓޯ ޝޫޓްކޮށްފި
 
ދިޕިކާ މޭކަޕް ނުކޮށް ޝޫޓް ކޮށްފައިވަނީ އޯގަސްމަހުގެ ވޯގް އިންޑިއާ މެގަޒިންގެ ކަވަރ ފޮޓޯ

ބޮލީވުޑްގެ ތަރި ދިޕިކާ ޕަދުކޯން މޭކަޕްނުކޮށް މެޒިންއެއްގެ ކަވަރ ފޮޓޯ ޝޫޓްކޮށްފިއެވެ.

ޕަދްމާވަތްގެ ތަރި ދިޕިކާ މޭކަޕް ނުކޮށް ޝޫޓް ކޮށްފައިވަނީ އޯގަސްމަހުގެ ވޯގް އިންޑިއާ މެގަޒިންގެ ކަވަރ ފޮޓޯއެވެ. ދިޕިކާގެ ފޮޓޯ ހިއްސާކޮށް މެގަޒިންގެ އޮފިޝަލް އިންސްޓަގްރާމް ހެންޑްލް އިން ވަނީ އެ މަޖައްލާގެ މިމަހުގެ ކަވަރ ގާލް އަކީ ދިޕިކާ ކަމަށް ބުނެފައެވެ. ދިޕިކާ ވެސް ވަނީ މެގަޒިންގެ ކަވަރ ފޮޓޯ ހިއްސާކޮށް ކެޕްޝަންގައި "ބެއަރފޭސްޑް އެންޑް އަންފިލްޓާރޑް" ލިޔެފައެވެ.

ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު ދިޕިކާ މިހާރު ވަނީ އޭނާގެ އަންނަން އޮތް ފިލްމް "ޗަޕާކް" ގެ ޝޫޓިންތައް ނިންމާލާފައެވެ. މެގްނާ ގުލާޒާރުގެ މި ފިލްމަކީ އެސިޑް އެޓޭކުން ސަލާމަތްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ފިލްމީ ދާރިއާއަށް 2006 ވަނަ އަހަރުގެ ތެރޭގައި ފިލްމް "އޯމް ޝާންތީ އޯމް" އިން ނިކުތް ދީފިކާއަކީ މިހާރު އިންޑިއާގައި ހުރި އެންމެ އަގުބޮޑު އެކްޓްރެސްއެވެ. ދީޕިކާ ވަނީ މިހާތަނަށް ފިލްމްފެއަރ އެވޯޑްސް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޓައިމްސް މަޖައްލާގެ ދުުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ (މޯސްޓް އިންފްލުއެންޝަލް ޕީޕަލް) ލިސްޓުގައި ވެސް ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
71%
0%
14%
0%
14%
ކޮމެންޓް