ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 17:46
އެލް ޕަސޯގެ ވޮލްމާޓް ސްޓޯރުން މީހުން އަމާންދެމުން ނިކުންނަނީ
އެލް ޕަސޯގެ ވޮލްމާޓް ސްޓޯރުން މީހުން އަމާންދެމުން ނިކުންނަނީ
ދަގާޑިއަން.ކޯ.ޔޫކޭ
އެލް ޕަސޯ
އެލް ޕަސޯގެ ހަމަލާގައި 20 މީހުން މަރުވެއްޖެ
 
އެލް ޕަސޯއަށް ދިން ހަމަލާއާއި ގުޅިގެން 21 އަހަރުގެ ފިރިހެނެއްވަނީ ހައްޔަރުކޮށްފަ
 
އެލް ޕަސޯގެ ހަމަލާދިންތާ ގަޑިއިރުތަކެއްގެ ފަހުން ފުލުހުން ވަނީ އޮހިއޯގެ ޑޭޓަން އަށްދިން ނިރުބަވެރި ހަމަލާއެއްގައި ނުވަމީހުން މަރުވެފައިވާކަމަށް ރިޕޯޓް ކޮށްފަ
 
ޓެކްސަސްގެ ގަވަރުނަރ ބުނެފައިވަނީ 20 މީހުން މަރުވެފައިވާކަމަށާއި 24 ވުރެ ގިނަމީހުން ޒަހަމްވެފައިވާކަމަށް

ޓެކްސަސް ގެ ބޯޑަރުގައި އޮންނަ ސިޓީއެއް ކަމަށްވާ އެލް ޕަސޯގެ ވޮލްމާޓް ސްޓޯރެއްގައި ދިން ނިރުބަވެރި ހަމަލާއެއްގައި 20 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ހަމަލާދިން އިރު ގިނަ އާއިލާތަކެއް ދިޔައީ ސުކޫލް ހުޅުވުމަށް ތައްޔާރުވަމުންދާތީ ވިޔަފާރި ކުރަމުންނެވެ.

ޓެކްސަސްގެ ގަވަރުނަރ ގްރެގް އެބޮޓް ބުނެފައިވަނީ 20 މީހުން މަރުވެފައިވާ ކަމަށާއި 24 ހަށް ވުރެ ގިނަމީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި މެކްސިކޯގެ ރައީސް މަނުއެލް ލޮޕޭޒް އޮބްރަޑޯރް ވިދާޅުވެފައިވަނީ މަރުވި މީހުންގެ ތެރޭގައި ތިން މެކްސިކޯމީހުން ހިމެނޭ ކަމަށާއި އަދި ޒަހަމްވި މީހުންގެ ތެރޭގައި ހަ މީހުންހިމެނޭ ކަމަށެވެ.

ޓެކްސަސްގެ ގަވަރުނަރ އެބޮޓް ބުނެފައި ވަނީ މިއީ ޓެކްސަސްގެ ތާރީހުގައި އައި ކަޅުދުވަހެއް ކަމަށެވެ.

އެލް ޕަސޯގެ ހަމަލާދިންތާ ގަޑިއިރުތަކެއްގެ ފަހުން ފުލުހުން ވަނީ އޮހިއޯގެ ޑޭޓަން އަށްދިން ނިރުބަވެރި ހަމަލާއެއްގައި ނުވަމީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

އެލް ޕަސޯއަށް ދިން ހަމަލާއާއި ގުޅިގެން 21 އަހަރުގެ ފިރިހެނެއް ވަނީ ޑެލާސްގެ، އެލެން އާއި 600 މޭލު ދުރުން ހައްޔަރު ކުރެވިފައެވެ. އެސޯސިއޭޓެޑް ޕްރެސް އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިހަމަލާގައި ހައްޔަރު ކުރެވިފައިވަނީ ޕެޓްރިކް ކުރޫސިއަސް ކިޔާމީހެކެވެ.

އެލް ޕަސޯއަކީ ޓެކްސަސްގެ ހުޅަނގުން މެކްސިކޯގެ ބޯޑަރުގެ ކައިރީގައި އޮންނަ ސިޓީއެކެވެ. އެލް ޕަސޯގެ ވޮލްމާޓްގައި ނިރުބަވެރި ހަމަލާދިން އިރު 3000 ހަށް ވުރެ ގިނަ ކަސްޓަމަރުންނާއި 100 ސްޓާފުން ހަރަކާތްތެރިވި ކަމަށް އެލް ޕަސޯގެ ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް