ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 20:24
ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ
ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ
ބީބީސީ
އިންޑިއާގައި ސިހުރުހެދުން
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
 
ސިހުރު ހަދާފައިވަނީ ވާގިނެތިފައިވާ މީހަކު ރަނގަޅުވާނެ ކަމަށް ބުނެ
 
ކަރްނާޓަކާގެ ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުން

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގައި "ސިހުރު ހަދަން 10 އަހަރުގެ އަންހެއް ކުއްޖެއް ޤުރުބާންކުރި" ކަމުގެ ތުޙުމަތުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ކަރްނާޓަކާގެ ފުލުހުންނާއި ހަވާލާދީ ބީބީސީން ބުނީ، 10 އަހަރުގެ އެ އަންހެން ކުއްޖާ މަރާލާފައި ވަނީ، ސިހުރު ހަދާ މީހެއްގެ ލަފާގެ މަތިން، ވާގިނެތިފައިވާ މީހެއް ރަނގަޅު ކުރުމަށް ކަން ތަހުޤީޤުން އެނގިފައިވާ ކަމަށެވެ.

ކުޑަކުއްޖާ ވަގަށް ނަގައި މެރުމުގެ ތުޙުމަތުގައި ހައްޔަރުކޮށްފައި ވަނީ ވާގި ނެތިފައިވާ މީހާގެ ބޭބެ އާއި ދައްތައެވެ. އަދި މީގެ އިތުރުން ކުޑަކުއްޖާ ވަގަށް ނެގުމުގައި އެހީތެރިވުމުގެ ތުޙުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ، ވާގިނެތިފައިވާ މީހާގެ ބޭބެ އާއި ދައްތަ، ކުޑަކުއްޖަކު ވަގަށް ނަގައި، އެ ކުއްޖާ މަރާލާފައި ވަނީ، އެމީހުންގެ ކޮއްކޮއަށް ސިހުރަކުން ޖެހިފައިވާ ބަލި ރަނގަޅު ކުރެވޭނެ ހަމައެކަނި ގޮތަކީ ކުޑަ އަންހެން ކުއްޖަކު "ޤުރުބާން" ކުރުން ކަމަށް ސިހުރުވެރިޔާ ބުނުމުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައިގައި ކުޑަކުއްޖާ ވަގަށް ނަގައި، މަރާލުމުގައި އެކި ގޮތް ގޮތުން އެހީވެ، އެކަމަށް ތަރުޙީބުދިން ފަރާތްތަކެއް ވެސް ހިމެނޭ ކަމަށާއި، ތަޙުޤީޤު ކުރިއަށްދާ ވަރަކުން، އިތުރު ބަޔަކު ވެސް ހައްޔަރުކުރަން ޖެހިދާނެ ކަމަށެވެ.

ކުޑަ އަންހެން ކުއްޖާ މަރާލި މައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ، މި ކަން ހިނގި ސަރަޙައްދުގައި، އެ ކުއްޖާ މަރާލުމަށް ފަހު ބޮޑު ދަބަހަކަށް ލައި އެއްލާފައި އޮއްވާ ފެނުމާއި ގުޅިގެންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި ދަބަހުގެ ތެރެއިން ސިހުރު ހެދުމަށް ބޭނުން ކޮށްފައިވާ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ވެސް ވަނީ ފެނިފައެވެ.

މި މައްސަލައިގެ ޚަބަރު ފެތުރުމާއި އެކު، ހާދިސާ ހިނގި ސަރަޙައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ކުށްކުރި އާއިލާގެ ގެ ކައިރިއަށް އެއްވެސް ނުރުހުން ފާޅުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް