ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 14:15
މިހާރުގެ ސައުދީގެ ގާނޫނުގެ ދަށުން ސައުދީ އަންހެނުން ގައުމުން ބޭރަށް ދަތުރުކުރަން އެދޭނަމަ ނުވަތަ ޕާސްޕޯރޓް އާ ކުރަން އެދޭނަމަ މަހުރަމެއްގެ ހުއްދަ ބޭނުންވާނެއެވެ.
މިހާރުގެ ސައުދީގެ ގާނޫނުގެ ދަށުން ސައުދީ އަންހެނުން ގައުމުން ބޭރަށް ދަތުރުކުރަން އެދޭނަމަ ނުވަތަ ޕާސްޕޯރޓް އާ ކުރަން އެދޭނަމަ މަހުރަމެއްގެ ހުއްދަ ބޭނުންވާނެއެވެ.
ބީބީސީ
ސައުދީ އަރަބިޔާ
ސައުދީ އަންހެނުންނަށް މަހުރަމަކާ ނުލާ ދަތުރުކުރުން ހުއްދަކުރަނީ
 
އާ ގަވާދާ އެކު ސައުދީ ޕާސްޕޯރޓަށް އެދި ހުށައަޅާ ހުރިހާ އެންމެނަށްވެސް ޕާސްޕޯރޓް ލިބިގެންދާނެ
 
މި ގަވާއިދަށް އަމަލުކުރަން ފަށާނެ ދުވަހެއް އަދި އަންގާފައެއް ނުވެ
 
މި ގަވާދާ އެކު 21 އަހަރުން މަތީގެ ކޮންމެ ސައުދީ އަންހެނަކަށްވެސް މަހުރަމަކާ ނުލާ ދަތރުފަތުރު ކޮށް އުޅުމުގެ ބާރު ލިބިގެންދާނެ

ސައުދީ އަންހެނުންނަށް މަހުރަމަކާ ނުލާ ދަތުރުކުރުމުގެ ހުއްދަދިނުމަށް ސައުދީ އަރަބިޔާގެ ސަރުކާރުން ނިންމައިފިއެވެ.

ހުކުރު ދުވަހު ސައުދީ ސަރުކާރުން އާންމު ކުރި މި ގަވާދާ އެކު 21 އަހަރުން މަތީގެ ކޮންމެ ސައުދީ އަންހެނަކަށްވެސް މަހުރަމަކާ ނުލާ ދަތުރުފަތުރު ކޮށް އުޅުމުގެ ބާރު ލިބިގެންދާނެ ކަމަށް ސައުދީގެ ނޫސް ތަކުން ބުނެއެވެ.

ސައުދީ އަރަބިއާއިން އެމެރިކާއަށް ކަނޑައަޅާފާވާ ފުރަތަމަ އަންހެން ސަފީރު ރީމާ ބަންދާރް އަލް ސައުދް ވަނީ ސޯޝަލް މީޑިއާގައި ސައުދީ ސަރުކާރުގެ މި ނިންމުމަކީ ގިނަ ދުވަސް ތަކަކަށް ފަހު އައި ރަނގަޅު ނިންމުމެކަން ފާހަގަ ކުރައްވާފައެވެ.

ސައުދީގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމަށް މި އެކުލަވާލާ އާ ގަވާއިދު ތަކަކީ ގައުމުގެ ތާރީހުގައި ފަހަގަކޮށްލެވޭނެ ކަމެއް. މި ނިންމުމަކީ ގިނަ ދުވަސް ތަކަކަށްފަހު އައި ރަނގަޅު ނިންމުމެއް
އެމެރިކާއަށް ސައުދީން ކަނޑައަޅާފައި ހުންނަވާ ސަފީރު ރީމާ ބަންދާރް އަލް ސައުދް

މި ގަވާއިދަށް އަމަލުކުރަން ފަށާނެ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ. އެހެން ނަމަވެސް މި ގަވާއިދަށް އަމަލު ކުރަން ފަށައިފި ނަމަ ސައުދީގައި އަންހެނުން ބާރުވެރި ކުރުވާ، މަހުރަމަކާ ނުލާ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކަންކަން ނިންމުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

ސައުދީ ސަރުކާރުންވަނީ އާ ގަވާދާ އެކު ސައުދީ ޕާސްޕޯރޓަށް އެދި ހުށައަޅާ ހުރިހާ އެންމެނަށްވެސް ޕާސްޕޯޓް ލިބިގެންދާނެ ކަމަށް ބުނެފައެވެ.

ސައުދީ އަންހެނުން ވަނީ ފާއިތުވި އަހަރުތަކުގައި އެކި ފަހަރު މަތިން މި ހައްގު ހޯދުމަށް މަސައްކަތްކޮށްފައެވެ. މިހާރުގެ ސައުދީގެ ގާނޫނުގެ ދަށުން ސައުދީ އަންހެނުން ގައުމުން ބޭރަށް ދަތުރުކުރަން އެދޭނަމަ ނުވަތަ ޕާސްޕޯރޓް އާ ކުރަން އެދޭނަމަ މަހުރަމެއްގެ ހުއްދަ ބޭނުންވާނެއެވެ.

ސައުދީ އިން ވަނީ ނިމިދިޔަ އަހަރު އެ ގައުމުގައި އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފަ އޮތް އޮތުންވެސް ބަދަލުކޮށް އަންހެނުންނަށް ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
30%
50%
0%
20%
0%
0%
ކޮމެންޓް
2 އޯގަސްޓް 2019 | ހުކުރު 19:06
ސައްލެ
ދެން ބޮނޑިގަނޑެއް ބުއީމަ ކާކު ޒިންމާ ވަނީ؟