ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 13:16
ބޮން ގޮއްވާލި ސަރަހައްދެއް
ބޮން ގޮއްވާލި ސަރަހައްދެއް
ބެންކޮކަށް ދިން ބޮމުގެ ހަމަލާ
ބެންކޮކުގެ ތިން ތަނަކަށް ބޮމުގެ ހަމަލާތަކެއް ދީފި
 
މިހާތަނަށް އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތޫ މީޑިއާއަކުން ހާމަކޮށްފައެއް ނުވޭ
 
ހަމަލާދީފައިވަނީ އިސް ޑިޕްލޮމެޓުންތަކެއް ބެންކޮކަށް ޒިޔާރަތްކުރަން ހަމަޖެހިފައި ވަނިކޮށް
 
ބެންކޮކުގެ ތިން ތަނަކަށް ބޮމުގެ ހަމަލާ ދީފި

ބެންގްކޮކްގެ ތިން ސަރަހައްދެއްގައި ހަ ބޮމެއް ގޮއްވާލައިފިއެވެ.

ހުކުރު ދުވަހު ދިން މިހަމަލާތައް ދީފައިވަނީ އެމެރިކާއާއި ޗައިނާ ފަދަ ދުނިޔޭގެ ބާރުތަކުގެ އިސް ޑިޕްލޮމެޓުންތަކެއް އެ ގައުމަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ފުރަތަމަ ގޮއްވާލި ބޮމުގެ ހަމަލާއާއި ދެވަނައަށް ގޮއްވާލި ބޮމުގެ ހަމަލާގެ އަޑު އިވުނީ ބެންގްކޮކްގެ ގަޑިން 09:00 ޖަހާ އެހާކަންހާއިރުއެވެ. އަދި ތިންވަނަ ގޮއްވުމެއް ގޮއްވާލާފައިވަނީ ފުރަތަމަ ދެ ހަމަލާއަށްފަހު މާ ގިނައިރުތަކެއް ނުވެ ބެންގްކޮކްގެ އުތުރު ފަރާތުގައެވެ.

އިރަވަން މެޑިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި ހަތަރު މީހަކު ޒަހަމްވެފައިވެއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވަނީ އެހާ ސީރިއަސް އަނިޔާތަކެއް ނޫންކަން ފާހަގަކޮށްލެވެއެވެ. އަދި އެމީހުންނަށް އެ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

ހަމަލާގެ ޝިކާރައަކަށް ވެފައިވާ ހަތަރު މީހުންގެ ތެރއިން ތިން މީހުންނަކީ ބޮން ގޮއްވާލި ވަގުތުތަކުގައި މަގުމަތި ކުނިކަހާ ސާފުކުރަން އުޅުން ތިން އަންހެނުންނެވެ. މީޑިއާ ތަކުގައި ދައުރުވި އެމީހުން ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ތިބީ މިކަމާއިމެދު ވަރަށް ބޮޑު ސިހުމެއް ލިބިފައެވެ.

ހަތަރުވަނައަށް އަނިޔާވި މީހާއަކީ 77 ސްޓޯރީ ކިންގ ޕަވަރ މަހަނަކޮން ބިލްޑިންގ ގެ ކައިރިން ގޮއްވާލި ބޮމުގެ ޝިކާރައަކަށްވެ އަނިޔާވި މީހެކެވެ. އެ އިމާރާތަކީ އެ ސިޓީގައި ހުރި އެންމެ އުސް އެއް އިމާރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
2%
0%
85%
5%
2%
5%
ކޮމެންޓް