ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 07:51
ހަމްޒާ ބިން ލާދިން
ހަމްޒާ ބިން ލާދިން
ޓްވިޓަރ
އުސާމާ ބިން ލާދިން
އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރުވެއްޖެ
 
އެމެރިކާގެ އިންޓެލްއިން ވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީފައި
 
ހަމްޒާގެ މަރުގެ ފަހަތުގައި އެމަރިކާގެ ރޯލެއް އޮތްކަން އަދި ނެތްކަން ކަށަވަރުނުވޭ

އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރުވެއްޖެކަމަށް އެމެރިކާގެ އިންޓެލް މަސްދަރުތަކުން ހާމަކޮށްފިއެވެ.

އެމެރިކާ އޮފިޝަލުން ބުނެފައިވަނީ ހަމްޒާގެ މަރުގެ ފަހަތުގައި އެގައުމުގެ ރޯލެއް އޮތްކަން އަދި ނެތްކަން ވެސް ކަށަވަރުވެފައިނުވާ ކަމަށެވެ.

އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން އެންމެ ފަހުން ފެނިފައިވަނީ ބިންލާދިން ގުރޫޕުން ނެރުނު ވީޑިއޯ މެސެޖެއްގައެވެ. އެއީ 2018 ވަނަ އަހަރު ސައުދީ އަށް އިންޒާރުދީ އަދި އަރަބި ގައުމުތަކުން ސައުދީއާ ދެކޮޅަކަށް ތެދުވުމަށް ގޮވާލާފައިނެރުނު ވީޑިއޯއެކެވެ.

ހަމްޒާ އުފަންވެފައިވަނީ 1989 އެކެވެ. އަދި ބިންލާދިން 1996 ވަނަ އަހަރު އަފްގާނިސްތާންއަށް ދިރިއުޅުން ބަދަލުކޮށް އެމަރިކާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރިއެވެ. އަދި އެނާގެ ބައްޕައާއެކު ހަމްޒާ ވެސް ލާދިން ގްރޫޕްގެ ވީޑިއޯތަކުން ވަނީ ފެނިފައެވެ. ބިންލާދިން ވަނީ އެމަރިކާގަ ސެޕްޓެންބަރު 11ގައި ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާދީފައެވެ.

2011ގައި އެމަރިކާގެ ސްޕެޝަލް ފޯސްއިން ވަނީ ބިން ލާދިން ޕާކިސްތާންގައި މަރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
3%
79%
15%
0%
3%
ކޮމެންޓް
1 އޯގަސްޓް 2019 | ބުރާސްފަތި 08:59
އިބްރާހިމް
ދޮގު ޚަބަރު ނުފަތުރާ. އުސާމާބިން ލާދިން އެމެރިކާއަށް 11 ސެޕްޓެމްބަރ 2001 ވަނަ އަހަރު ޙަމަލާދިންކަން އަދިވެސް ޕަރޫފް ކޮށް ނުދެވޭ. އެއީ އިންސައިޑް ޖޮބެއް.